ކުޅުދުއްފުށީގައި އިތުރު ގެސްޓްހައުސްއެއް ހުޅުވާ ހިދުމަތް ދޭންފަށައިފި އެވެ.
ކާނިވަލް ގެސްޓް ހައުސްގެ ނަމުގައި މި ހުޅުވި ގެސްޓް ހައުސްއަކީ ޓޫރިސްޓުންނަށާއި ދިވެހިންނަށް ހިދުމަތް ދޭ ގެސްޓް ހައުސެކެވެ.
ކާނިވަލް ގެސްޓް ހައުސް–
ކޭއޯ އަށް މައުލޫމާތު ދެމުން ކާނިވަލް ގެސްޓަހައުސްގެ އޯނާރ ގާސިމް އަލީ ވިދާޅުވީ މިއީ 4 ތަރީގެ ގެސްޓް ހައުސްއެއް ކަމަށާއި މި ގެސްޓާހައުސްގެ ކޮންމެ ކޮޓަރިއަކަށް ވަކިން ވައިފައި ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން ރެސްޓޯރެންޓް ގެ ހިދުމަތާއި ކަސްޓަމަރުންނަށް ސްވިމިންޕޫލްގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ކުޅުދުއްފުށިގައި އަލަށް ހުޅުވި ގެސްޓް ހައުސް–
ބުކިން ހައްދަން ބޭނުންވާ ފަރާތްތަކުން ކާނިވަލް ގެސްޓްހައުސްގެ ފޭސްބުކް ޕޭޖަށް އިންބޮކްސް ކޮށްލުމުން އެފަރާތުން ޖަވާބު ދޭނެ ކަމަށާއި ކުރިއަށްއޮތް ތަނުގައި ހާއްސަ ޕެކޭޖްތައް ތައާރަފް ކުރެވިގެން ދާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ކާނިވަލް ގެސްޓަހައުސް ހުންނަނީ ކުޅުދުއްފުށީ ކޮރަލް ދަނޑުގެ ދެކުނުގައި އެވެ.