twitterviber whatsapp telegramfacebookyoutube instagram
17th July 2025

އަހްލާގީ މައްސަލައެއްގައި ޖަލާލުއްދީން ސްކޫލުގެ މުވައްޒަފަކު ގޭގަ މަޑުކުރަން އަންގައިފި

Sep 28, 2016

ދަރިވަރުންތަކެއް ކުރިމަތީ އެކަށީގެންވާ ވަރަށްވުރެ ދަށު ދަރަޖައިގެ އަމަލެއް ހިންގި މުވައްޒަފަކު ގޭގައި މަޑުކުރަން އެޑިކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަލާލުއްދީން ސްކޫލުގެ މުވައްޒަފެއްގެ އަހްލާގީ މައްސަލައެއް ފުލުހުންނަށް ހުށަހެޅި ބަލަމުންދާތީ އޭނާ ގޭގެ މަޑުކުރަން އަންގާފައިވާ ކަމަށެވެ.

ކަމާ ގުޅުން ހުރި އެއްވެސް ފަރާތްތަކުން އެ މުވައްޒަފުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ. މިމައްސަލާގައި ގޭގައި މަޑުކުރަން އަންގާފައިވަނީ އެސްކޫލުގެ ކުޅިވަރުގެ ކަންތަކާ އުޅޭ މުވައްޒަފެއްކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355