twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހިރަފުސް ދަނޑުގެ ޒުވާނުން އާ މިސްރާބަކާއެކު ކުރިއަށް

Sep 29, 2016

ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ ޒުވާނުން ތަޖުރިބާ ދަތުރެއްގައި ޕާމް ބީޗް ރިސޯޓަށް ދިއުމަށް ތައްޔާރުވެއްޖެ އެވެ. ދެ ދުވަހު މިދަތުރުގައި އެދަނޑުގެ 20 ކުޅުންތެރިން ވަނީ މާދަމާ ޕާމް ބީޗަށް ފުރުމަށް ހަމަޖެހިފަ އެވެ.

މިކަމުގެ ތަފްސީލު ކޭއޯއާ ހިއްސާކުރަމުން ހިރަފުސް ދަނޑުގެ ރައީސް މުހައްމަދު ހަސަން ވިދާޅުވީ މި ދަތުރު މައިގަނޑު މަގްސަދަކީ ފެންވަރު ރަނގަޅު ދަނޑެއްގައި ކުޅެލުން ތަޖުރިބާ ކޮށްލުމާއި ފުޓްބޯޅައިގެ ތެރެއިން ޒުވާނުންނަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ހިރަފުހާއި ރިސޯޓާ ދެމެދު ފުޓްބޯޅަ މެޗެއް ކުޅެލުމުގެ އިތުރުން މިދަތުރުގައި ރިސޯޓްގެ ސީނިއާ މެނޭޖްމެންޓާއެކު ބައްދަލުވުންތަކެއް ބާއްވާ ހިރަފުސް ދަނޑުގެ ތަރައްގީއަށް ރިސޯޓްގެ ފަރާތުން ކޮށްދެއްވޭނެ ކަންތައްތަކާ މެދު ވަނީ މަޝްވަރާކުރުމަށް ހަމަޖެހިފަ އެވެ.

“އުމްރާނީ ގޮތުން ދަނޑަށް ތަރައްގީތައް ގެންނަމުން މިދަނީ ޒުވާނުން އެހެންވެ އެކަމުގައި ރިސޯޓްގެ މެނޭޖްމެންޓާއި ވާހަކަދައްކާ ރިސޯޓްގެ ފަރާތުން އަހަރެމެންނަށް ކޮށްދެއްވޭނީ ކޮންކަމެއްތޯ ބެލުން” މުހައްމަދު ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވިގޮތުގައި މިދަތުރުގައި އުމްރާނީ ގޮތުން ދަނޑު ތަރައްގީކުރުމާއި ހުނަރުވެރި ކުދިން ބިނާ ކުރުމުގައި ރިސޯޓުން ކޮށްދެއްވޭނީ ކޮންކަންކަން ތަކެއް ތޯ ބަލާ މަޝްވަރާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ހިރަފުސް ދަނޑު ތަރައްގީކުރުމުގެ މާސްޓާރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ މިދަނޑިވަޅުގައި ރިސޯޓްގެ އެޗްއާރުގެ ފަރާތުން ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެކަމުގެ ފެހި ސިގްނަލް މިހާރުވެސް ލިބިފައިވާ ކަމަށް މުހައްމަދު ފާހަގަކުރެއްވި އެވެ.

މުހައްމަދު ވިދާޅުވީ މިދަތުރުގައި އައިވެލް ޕޯޓްރޭޓްގެ ފޮޓޯގުރާފަރުންވެސް ބައިވެރިވާނެ ކަމަށާއި މީގެ ސަބަބުން ރިސޯޓްގައި ކުރިއަށްދާ އެކި އިވެންޓްތަކުގެ ފޮޓޯ ނެގުމުގެ ދޮރެއް  ކުޅުދުއްފުށީގެ އިތުރު ފޮޓޯގުރާފަރުންނަށް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދަތުރުގައި ހިރަފުސް ދަނޑުގެ ހިންގާ ކޮމެޓީގެ ގިނަ މެމްބަރުންތަކެއް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. ކުޅުދުއްފުށީގައި އޮންނަ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން އެންމެ ރީތިކޮށް ބަލަހައްޓަމުންދަނީވެސް ހިރަފުސް ދަނޑުކަން ފާހަގަކުރެވެ އެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355