twitterviber whatsapp telegramfacebookyoutube instagram
17th May 2024

އާއްމުކޮށް ދެމުން ގެންދިޔަ ސަބްސިޑީ ކަންޑާލައި ކާޑު އަގުބޮޑުކޮށްފި

Sep 29, 2016

ސަރުކާރުން ރާއްޖޭގައި ސަބްސިޑީ ދެމުންގެންދާ، ކާޑުގެ ބާވަތްތައް ހަމައެކަނި ނިކަމެތިންނަށް ދިނުމަށް ނިންމައިފިއެވެ. ސަރުކާރުގެ މިނިންމުމާއެކު ކާޑުގެ އަގުވަނީ ބޮޑުކޮށްފަ އެވެ.

މިބަދަލާއެކު ހަނޑޫ ކިލޯއެއް އަގު 7.96 ރުފިޔާއަށް ބޮޑުވިއިރު ހަކުރު ކިލޯއެއްގެ އަގު 4.50 ރުފިޔާއަށް ވަނީ އުފުލިފަ އެވެ. އަދި ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ވަނީ ބޮޑުވެފަ އެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ އެކަމުގެ ތަފްސީލް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށާއި ތައުފީގު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ސަބްސިޑީ ލިބިގެންދާނީ އޭގެ ހައްގުވެރިންނަށް ކަމަށެވެ.

އާންމުކޮށް ރާއްޖޭގައި ކެއިންބުއިމަށް ބޭނުންކުރާ ކާޑުގެ ބާވަތްތައް އަގުހެޔޮވެފައިވަނީ ދައުލަތުން ސަބްސިޑީގެ ގޮތުގައި ބޮޑު ހޭދައެއް ކުރާތީއެވެ. އެގޮތުން ބިދޭސީންނާއި ރިސޯޓްތަކުގައިވެސް ކެއިންބުއިމަށް ސަބްސިޑީދޭ ކާޑު ބޭނުންކުރެއެވެ. އެއަށް ދައުލަތުން ބޮޑު ހަރަދެއް ކުރެވެއެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355