ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ޖަޒީރާ ފެރީ ލޯންޗުގެ ހިދުމަތް ދޭން ތައްޔާރުވެއްޖެ އެވެ.
މިހިދުމަތް އޮކްޓޯބަރު 3 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާއިރު ޓިކެޓެއްގެ އަގު އުޅެނީ 800 ރުފިޔާއަށެވެ.
24 މީހުންގެ ޖާގައިގެ މިލޯންޗު ފެރީ އޮންނާނީ ހަފްތާއަކު 1 ދުވަހު އެވެ. ކޮންމެ ހޯމަ ދުވަހަކު ހެންދުނު މާލެއިން ފުރުމަށް ހަމަޖެހިފައިވާއިރު ކުޅުދުއްފުށިން ފުރުމަށް ހަމަޖެހިފައިވަނީ ކޮންމެ އަންގާރަ ދުވަހެއްގަ އެވެ.
މިއަދުން ފެށިގެން ޓިކެޓް ނެގުމަށް ބޭނުންވާ ފަރާތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ޖަޒީރާއިން ބުނެ އެވެ. ކުޅުދުއްފުށީ އެޖެންޓްގެ ނަމްބަރު 9115566 ގުޅުންވުމުގެ ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އެފަރާތުން މައުލޫމާތު ދެ އެވެ.
ކުޅުދުއްފުށިން މާލެއަށް 6 ގަޑިއިރުން ދެވޭނެ ކަމަށް ޖަޒީރާއިން ބުނެ އެވެ. މިހާރުވެސް ހދ އަދި ށ ގެ އިތުރުން ރ އަތޮޅުގެ ބައެއް ރަށްރަށުގައި ޖަޒީރާ ލޯންޗް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ.