twitterviber whatsapp telegramfacebookyoutube instagram
13th September 2025

ކުޅުދުއްފުށީގައި ކާޑު ލިބެން ހުރީ ހަމައެކަނި އެސްޓީއޯގަ

Sep 30, 2016

ހަނޑޫ ހަކުރު އަދި ފުށަށް ސަރުކާރުން ދެމުން ގެންދިޔަ ސަބްސިޑީ މާދަމާއިން ފެށިގެން ކަނޑާލައި، އެ ބާވަތްތަކުގެ އަގު މާދަމާ އިން ފެށިގެން ބޮޑުވެގެންދާއިރު ކުޅުދުއްފުށީގެ ހުރިހާ ފިހާރައަކުން ވަނީ ކާޑުގެ ބާވަތަށް ހުސްވެފަ އެވެ.

ކާޑުގެ ބާވަތްތައް ހުސްނުވެ ހުރީ ހަމައެކަނި އެސްޓީއޯ ފިހާރާގަ އެވެ.

ކޭއޯގެ ނޫސްވެރިންނާ ވާހަކަދެއްކި ފިހާރަަތަކުގެ ސޭޓުން ބުނީ މިއަދު ހެނދުނު އާއި ރޭގައި ވަރަށް ގިނަ އަދަދަކަށް ކާޑުގެ ބާވަތްތައް ގަތުމަށް މީހުން އައިކަމަށެވެ.

މިއަދު ހަވީރު ވެގެން އައިއިރު ކުޅުދުއްފުށީގެ ހުރިހާ ފިހާރަކުން ކާޑުގެ ބާވަތްވަނީ އެކޮށް ހުސްވެފަ އެވެ. ވަކި ކިލޯއިންވެސް ހަނޑޫ، ފުއް ވިއްކާކަށްނެތެވެ. އެހެންނަމެވެސް ހަކުރު ވަކި ކިލޯއިން ވިއްކަން ވަރަށް މަދު ފިހާރައެއްގައި އެބަހުއްޓެވެ.

ކޭއޯ ވާހަކަ ދެއްކި ބައެއް ރައްޔިތުން ބުނީ ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލުމުން މާދަމާ އަގު ބޮޑުކޮށް ވިއްކުމަށް ފޮރުވީކަމަށެވެ.

ބޮޑުވެގެންދާއިރު ސަރުކާރުގެ މިބަދަލާމެދު ގިނަ ރައްޔިތުންތަކެއް ތިބީ ވަރަށް ރުޅިގަދަވެފަ އެވެ.

މާދަމާއިން ފެށިގެން ކާޑުގެ ބާވަތްތަކުގެ އަގު ދެގުނައަށް ބޮޑުވެގެންދާނެ އެވެ. އެގޮތުން 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް ބޮޑުވެގެންދާނެ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު 8 ރުފިޔާއަށް އުފުލޭއިރު 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް މާދަމާއިން ފެށިގެން ބޮޑުވާނެއެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355