twitterviber whatsapp telegramfacebookyoutube instagram
13th April 2026

142 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާން ކުޅުދުއްފުށީގައި ފަށައިފި

Oct 1, 2016

ކުޅުދުއްފުށީގައި އޯލެވެލް އަށް ކިޔަވައިދޭ ދެ ސްކޫލްއިން 142 ދަރިވަރުންނާއެކު މިއަހަރު އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

ޖަލާލުއްދީން ސްކޫލުން މައުލޫމާތުދިން ގޮތުގައި އެ ސްކޫލުން މި އަހަރު 113 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވެފައިވާ ކަމަށާއި އެކި މާއްދާތަކުގައި އަމިއްލަ ގޮތުންވެސް ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

އަދި އަފީފުއްދީން ސްކޫލުން މައުލޫމާތުދިން ގޮޮތުގައި އެ ސްކޫލުން އޯލެވެލް އިމްތިހާނުގައި މި އަހަރު ބައިވެރިވެފައިވަނީ 29 ދަރިވަރުން ނެވެ.

އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އޯލެވެލް އިމްތިހާން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ފަށާފައިވާ ދިވެހި މާއްދާއިން ނެވެ.

އެގޮތުން އޭލެވެލް އިމްތިހާނު ވެސް މިފަހަރު ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 10 ވަނަަ ދުވަހު އެވެ. އިމްތިހާން ނިމޭނީ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.

އަދި މިއީ ކޭމްބްރިޖާއެކު މަޝްވަރާކޮށްގެން ރާއްޖެއަށް ހާއްސަކޮށްގެން އޭލެވެލް އިމްތިހާން އޮކްޓޯބަރު/ ނޮވެމްބަރުގައި ބާއްވާ ފުރަތަމަ ފަހަރަށް ވެފައި މި އިމްތިހާނު ފުރަތަމަ ކުރިއަށް ގެންދާނީ މިއަހަރު ގްރޭޑް 11 އަށް ވަތް ދަރިވަރުންނަ ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355