މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ އޮޑިޝަން މިިފަހަރުވެސް ކުޅުދުއްފުށީގައި ބާއްވާނެ ކަމަށް ހަމަޖައްސައިފި އެވެ.
މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ލޯންޗު ކުރުމަށް ރޭ ދަރުބާރުގޭގައި ބާއްވާފައިވާ ރަސްމިއްޔާތުގައި އޮޑިޝަން ބާއްވާނެ ހަ ރަށް ވަނީ ހަމަޖައްސާފައި އެވެ. އެއީ ކުޅުދުއްފުށީގެ އިތުރުން ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ލ. ގަން، މާލޭ ސިޓީ އަދި ބ. އޭދަފުއްޓެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު ވަނީ ސީޒަން ދެއެއް ފަށަން ހަމަޖެހިފައި އެވެ. ނަމަވެސް އޮޑިޝަންތައް ފަށާނެ ތާރީހު އަދި ކަނޑައަޅާފައެއް ނުވެ އެވެ.
މި ސީޒަންގެ ޖަޖުންނަކީ ކުރީގެ ޕެނަލްގައި ހިމެނުނު މަރިޔަމް އުނޫޝާ އާއި އިބްރާހިމް އަލީގެ އިތުރުން މިފަހަރު އަލަށް މި ސީޒަންއިން ފެނިގެންދާނެ އިސްމާއިލް އައްފާނެވެ. އަދި ޝޯ މިފަހަރު ހުށަހަޅައިދޭނީ މޫސާ ވަސީމް އަދި މަޝްހޫރު ލަވަކިޔުންތެރިއާ ލަމްހާ ލަތީފެވެ.
މި ސީޒަންގެ ޓައިޓަލް ސްޕޮންސާއަކީ ދިރާގު އަދި މެއިން ސްޕޮންސާއަކީ އެލައިޑް އިންޝުއަރެންސް އަދި ލޮޓަސް އެވެ. ޓްރެވެލް ޕާޓުނަރަކީ މޯލްޑިވިއަން އެވެ. ބެވަރޭޖް ޕާޓްނަރަކީ އެކްސް އެލް އެވެ.