twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކާޑުގެ ބާވަތްތަކުގެ އަގަށް ގެނައި ބަދަލު ތިލަދުންމަތީ އަތޮޅު ކައުންސިލްތަކުގެ ރައީސުން ކުށްވެރިކޮށްފި

Oct 2, 2016

ކާޑުގެ ބާވަތްތަކުގެ އަގަށް ގެނައި ބަދަލު ތިލަދުންމަތީ އަތޮޅު ކައުންސިލުންތަކުގެ ރައީސުން ކުއްވެރިކުރައްވައި،އެކަން މުރާޖާކުރުމަށް ސަރުކާރަށް ގޮވާލައިފި އެވެ.

ތިލަދުންމަތީގައި ހިމެނޭ ހއ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދާއި ހދ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އިބުރާހިމް ވަނީ ސަރުކާރުން ކާޑުގެ ބާވަތްތަކަށް ގެނައި ކުއްލި ބަދަލާމެދު ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.

“ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ. ހދ އަތޮޅުގައި ވަޒީފާގެ ފުރުސަތު ނެތް ހާލަތެއްގައި ކެއުމަށް ބޭނުންކުރާ އެންމެ އަސާސީ އެއްޗެހި ސަބްސިޑީ ކަނޑާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން” ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އިބުރާހިމް ވިދާޅުވި އެވެ.

ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުގައި އަހުމަދު އިބުރާހިމް ވިދާޅުވީ ކާޑަށް ގެނައި މިބަދަލާއެކު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލި މީހުން ގޮވައިގެން އައިސް ތިބޭ މީހުންނަށްވެސް ބޮޑުބުރަޔަކަށް ވާނެ ކަމަށެވެ.

އަހުމަދު ވިދާޅުވީ މިބަދަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ފަގީރުންނަށް ސަބުސިޑީ ދޭނެކަަމަށް ސަރުކާރުން ބުނާއިރު އެފަދަ ކަމެއް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މިހާތަނަށް ހާމަކޮށްފައިނުވާ ކަމަށެވެ.

މިކަމުގެ ސަބަބުން ނިކަމެތި މިހާ އިތުރަށް ނިކަމެތި ވެގެންދާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ހުރިހާ ދިމާއަކުން އިންފުލެޝަން ރޭޓް މައްޗަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހއ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ކޭއޯއަށް ވިދާޅުވި ކާޑުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލައި އަގަށް ގެނައި ބަދަލު ކުށްވެރިކުރާކަަމަށާއި އެކަން މުރާޖާކުރުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.

އަދި ހއ އަތޮޅުގެ 22000 ވުރެ ގިނަ ރައްޔިތުންނަށް ކާޑު ގަނެވޭނެ ފަސޭހަ ގޮތެއް ނެތި ގެނައި މިބަދަލާއެކު ކާޑު ނުލިބި އެއަތޮޅު ކާޑަށް ޖެހުމަކީވެސް ގާތް ކަމެއް ކަމަށެވެ. ހއ އަތޮޅުގައި އެސްޓީއޯ ފިހާރައެއް ހުންނަނީ ހޯރަފުށީގަ އެވެ.

ތިލަދުންމަތީގެ ރައްޔިތުންނަނީ ކާޑާ ގުޅޭގޮތުން އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި އިހްތިޖާޖް ކުރި މީހުން ކަން ފާހަގަކުރައްވަމުން މުހައްމަދު ވިދާޅުވީ ރައްޔިތުންނަށް ހެޔޮއަގުގައި ލިބިލިބި ހުރި ޒަރޫރީ އެންމެ ބޮޑު ބޭނުން ފުއްދުމަށް ބޭނުންވާ ކާބޯތަކެތި ލިބުން ކުއްލިއަކަށް ދަތިވެ އަގު އަރައިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355