twitterviber whatsapp telegramfacebookyoutube instagram
17th May 2024

ހިރަފުސްގެ ފަރާތުން ކަރިންބެ ރުއްގަނޑަށް 6 ބާބެކިއު ގުރިލް ހަދިޔާކޮށްފި

Oct 3, 2016

ކުޅުދުއްފުށީ ހިރަފުސް ދަނޑުގެ ފަރާތުން ކަރިންބެ ރުއްގަނޑަށް 6 ބާބަކިއު ގުރިލް ހަދިޔާކޮށްފި އެވެ.

ގިނަ ބަޔަކު ޕިކްނިކް ހަދާލައި މަޖާ ކޮށްލަން އެއްވެ އުޅޭ މި ސަރަހައްދު ސާފުކޮށް ތަރައްޤީ ކުރުމުގެ މަސައްކަތް މި ދުވަސްވަރު ދަނީ ކުރެވެމުންނެވެ. އެގޮތުން މި ސަރަހައްދު ކުނިކަހައި، ވަށައިން ކޮށީގެ ފެންސެއް ލުމުގެ އިތުރުން ޖޯލިފަތިތައްވެސް ވަނީ ބެހެއްޓިފަ އެވެ.

ހިރަފުސްއިން މައުލޫމާތު ދިންގޮތުގައި ހިރަފުސްގެ މި އިސްނެގުމަކީ، މި ދުވަސްވަރު ކުޅުދުއްފުށީ ރައްޔިތުންތަކެއް އިސްނަގައިގެން މި ސަރަހައްދު ސާފުކުރަމުން ދިއުމާއެކު މި ކަމުގައި ހިރަފުސްގެ ފަރާތުން ބައިވެރިވުމުގެ ގޮތުން ކުރިކަމެކެވެ. މިކަމަކީ ހިރަފުސްގެ ބަޖެޓުން އެއްވެސް ހޭދައެއް ނުކޮށް، މެންބަރުންގެ ދީލަތި އެހީއާއެކު ކުރެވުނު ކަމެއް ކަމުގައިވެސް ހިރަފުސްގެ ފަރާތުން މައުލޫމާތުދިނެވެ.

“ކުޅުދުއްފުށީ ގިނަ ބަޔަކު އެއްވެ ޕިކްނިކް ހަދާލައި ސަރަހައްދެއް މިއީ. މިފަދަ ސަރަހައްދެއް ތަރައްޤީ ކުރުވެމުންދާ ދުވަސްވަރެއްގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން އޮތްކަން ހާމަކޮށްދިނުމުގެ ގޮތުންނާއި ގިނަ ބަޔަކު މި ސަރަހައްދުގައި ރޯލް ކުރާނެ ފަދަ ކަމެއް ކުރުމުގެ ގޮތުން ކުރެވުނު ކަމެއް. މިއީ ފެށުމެއް އަދި ކުރިއަށް އޮތްތަނުގައި އިތުރު ކަންތައްތަކެއްވެސް ރޭވިފައި ހުންނާނެ.” ހިރަފުސްގެ ރައީސް މުހައްމަދު ހަސަން (ޕޯޓޭ) މި ނޫހަށް މައުލޫމާތު ދެމުން ހާމަކުރި އެވެ.

ކަރިންބެ ރުއްގަނޑުގެ ނަމުގައި ފޭސްބުކް ޕޭޖެއްވެސް މިހާރު ހިންގަމުންދެ އެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355