twitterviber whatsapp telegramfacebookyoutube instagram
15th August 2026

ނޭކުރަންދޫ އާއި ކުމުންދޫ މިސްކިތުގެ ކޮންޓްރެކްޓަށް ނެގި މަސައްކަތު މީހުންނަށް މުސާރަ ނުދޭތާ 3 މަސްވަނީ

Oct 4, 2016

ހދ ނޭކުރަންދޫ އާއި ހދ ކުމުންދޫގެ މިސްކިތަކަށް ކޮންޓްރެކްޓް އުސޫލުން ނެގި މަސައްކަތު މީހުންނަށް މުސާރަ ނުދޭތާ 2 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ނޭކުރަންދޫ ކައުންސިލުގެ ރައީސް ޝިޒާން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކޮންޓްރެކްޓް އުސޫލުން ނެގި މަސައްކަތު މީހަކަ މުސާރަ ނުދޭތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

ޝިޒާން ވިދާޅުވީ މިނިސްޓްރީގެ ދަށަށް މިސްކިތްތައް ބަދަލުކުރުމުން މިސްކިތްތަކަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގައިވެސް ދަތިތަކެއް ދިމާވަމުންދާކަމަށެވެ.

މިކަމާ ގުޅިގެން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން ވިދާޅުވީ އެރަށު މަސްޖިދުލް ފިރުދައުސްއަށް މިނިސްޓްރީ ކޮންޓްރެކްޓް އުސޫލުން ނެގި މަސައްކަތު 2 މީހުންނަށް ވެސް މިނިސްޓްރީ މުސާރަ ނުދޭތާ 2 މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އަދި އެކަމުގެ ކަންބޮޑުވުން މިނިސްޓްރީއާ ދަންނަވާފައިވާނޭ ކަމަށްވެސް އެކައުންސިލުތަކުން ބުނެ އެވެ. މިކަމާ ގުޅިގެން އިސްލާމިކް މިިނިސްޓްރީގެ  ރަސްމީ ބަހެއް  ނުލިބުނު ނަމަވެސް އެފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަން މިނޫހަށް ވަނީ އެނގިފަ އެވެ.

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355