ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން އެތަކެތީގެ އަގު ދެގުނައަށް ބޮޑުވެފައިވަތީ އެކަމާ ކަންބޮޑުވުންފާޅުކޮށް އަންނަ ހުކުރު ދުވަހު ކުޅުދުއްފުށީގައި މުޒާހަރާކުރާތައް ނިންމައިފި އެވެ.
މިކަމުގައި އިސްކޮށް އުޅޭ ފަރާތެއް ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ކާޑުގެ އަގަށް ގެނައި ބަދަލާގުޅިގެން އެކަމުގެ ކަންބޮޑުވުންފާޅުކޮށް އަންނަ ހުކުރު ދުވަހު ކުޅުދުއްފުށީގައި ސުލްހަވެރި މުޒާހަރާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އޭނާ ބުނީ މުޒާހަރާކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން އިދާރާ ކުރިމަތީގައި ހަވީރު 4 ޖަހާއިރު ކަމަށެވެ.
ކާޑުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.