twitterviber whatsapp telegramfacebookyoutube instagram
17th May 2024

ފާޅު ބޯޓް ހުއްޓިގެން ކަފުޖަހައިގެން ގެންނަނީ

Oct 5, 2016

ފާޅު ބޯޓް މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުން އަންނަނިކޮށް އިންޖީނަށް މައްސަލައެއް ދިމާވެ ހުއްޓިއްޖެ އެވެ.

ބޯޓް ހުއްޓިފައިވަނީ ށ އަތޮޅަށް ވަން ފަހުންނެވެ. ބޯޓް ހުއްޓުނީ އިންޖީނުގެ އަޑީތެޔޮ ފިލްޓަރު ފަޅައިގެން ގޮސްގެންނެވެ.

މިހާރު ބާދުސާހް ބޯޓް ކަފުޖަހައިގެން ކުޅުދުއްފުއްޓާ ދިމާއަށް ވަނީ މިސްރާބު ޖަހައިފަ އެވެ. ކުޅުދުއްފުއްޓަށް އާދެވޭނީ ގާތްގަނޑަކަށް މެންދުރު 12:30 އެހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ.

ފާޅުބޯޓްގައި 150 އަށްވުރެ ގިނަ މީހުން ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355