twitterviber whatsapp telegramfacebookyoutube instagram
17th May 2024

ޕެރަލައިޑްވުމުން އެހީ ހޯދުމަށް ކެމްޕެއިން ކުރި ސުހައިލް މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށުގަ ޖަލަށް

Oct 5, 2016

ޑައިވިނަށް ގޮސްގެން އުޅުމުގެ ތެރޭގައި އުނަގަނޑުން ތިރި ވާވެ ބޭސް ފަރުވާއަށް އެހީ ހޯދުމަށް ޝޯސަލް މީޑިއާގައި ބޮޑު ކެމްޕެއިނެއް ކުރި ހދ މަކުނުދޫ، އޯޝަން ލީޑް އަހުމަދު ސުހައިލް މަސްުވާތަކެތީގެ ވިޔަފާރިކުރިކަމުގެ ކުށުގައި 10 އަހަރަށް ޖަލަށްލުމަށް އެރަށު ކޯޓުން ހުކުމް ކޮށްފި އެވެ.

ދައުލަތުން  ސުހައިލްގެ މައްޗަށް ޖަދުވަލް 2 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރިކަމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 2015 އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ 10:23 ހާއިރު މާލެއިން މަކުނުދޫއަށް އައި ބޯޓަކުން ގެނައި ދެ ފޮށިގަނޑު ހިފައިގެން ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު އެނާ ހިފައިގެން ދިޔަ ދެ ފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ހުރި 103 ރަބަރު ޕެކެޓް ފެނުނު މައްސަލައާއި ގުޅިގެންނެވެ.

މި ދައުވާ ބެލުމަށްފަހު ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ކޮށްފައިވާ ޙުކުމްގައި ބުނަނީ އެ މަސްތުވާތަކެތި އަޙްމަދު ސުހައިލްއަށް ދިންކަމަށް ބަޔާންކޮށްފައިވާ “ގޮތް ނޭނގޭ މީހާއަކީ ކާކުކަން ޝަރީއަތަށް ސާބިތުކޮށްނުދެވޭނެކަމަށް ސުހައިލް ބުނެފައިވާތީ  ސުހައިލްގެ ހިޔާޒަތުގެ ދަށުގައި ހުރި އެއްޗަކާމެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޒިންމާ އުފުލަންޖެހޭ މީހަކީ  ސުހައިލްކަމަށްވާތީ ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި ޤާނޫނުގައި ބަޔާންކުރާ ޤާނޫނީ ޤަރީނާތަކުގެ މައްޗަށް ބަލާއިރު ސުހައިލްގެ މައްޗަށް ކޮށްފައިވާ ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާކަމަށެވެ.

މަކުނުދޫގެ ބައެއް މީހުން ބުނާގޮތުގައި ފުރޮޅުލީ ގޮނޑި އާއި ނުހިނގޭ މީހުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ސައިކަލެއްގައި އިނދެގެން އޭނާ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން ޝައްކުވާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355