.ދިރާގުން ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ހާއްސަ ޕެކެޖުތަކެއް ތައާރަފްކޮށްފި އެވެ
މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރުމުގެ ގޮތުން ދިރާގުން މުދައްރިސުންނަށް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް، މޯބައިލް ބްރޯޑްބޭންޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ގެ ވަރަށް ޙާއްސަ އޮފަރ ތަކެއް ތައާރަފް ކޮށްފިއެވެ.
ދިރާގުން ކޮންމެ މޮބައިލް ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ޕޯސްޓްޕެއިޑް ޕެކެޖެއް ނެންގެވިކަމުގައިވިޔަސް މަހު ފީ އިން 3 މަސް ދުވަސް ވަންދެން %50 ޑިސްކައުންޓް މުދައްރިސުންނަށް ދޭން ވަނީ ހަމަޖައްސާފައި އެވެ. އަދި މިހާރު ދިރާގު ޕޯސްޓްޕެއިޑް ނަވަތަ ބްރޯޑްބޭންޑް ޕޯސްޓްޕެއިޑް ގެންގުޅޭ މުދައްރިއްސަކަށް އެދިވަޑައިގަތުމުން، މަހު ފީ އިން 3 މަސް ދުވަސް ވަންދެން %50 ޑިސްކައުންޓް ލިބިވަޑައިގަންނަވާނެ އެވެ.
އަދި މިކަމަށް އެއްވެސް ކަނެކްޝަން ފީއެއްވެސް ނުނަގާނެ ކަމަށް ދިރާގުން މައުލޫމާތު ދިނެވެ. އަދި ބްރޯޑްބޭންޑު ޕެކޭޖާއެކު މައިފައި ޑިވައިސްއާއި އޭޑީއެސްއެލް ރައުޓާވެސް ޓީޗަރުންނަށް ހިލޭ ދޭން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން ދިރާގުން ވަނީ ޓީޗަރުންނަށް ހާއްސަ ދެ މޮބައިލް ބްރޯޑްބޭންޑް ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ. އެއީ 499 ރުފިޔާއަށް 10 ޖީބީ ޑޭޓާއާއި 699 ރުފިޔާއަށް 20 ޖީބީ ޑޭޓާ ލިބޭ ޕެކޭޖެކެވެ.
މުދައްރިސުންގެ ދުވަހު ދިރާގުން ތަޢާރަފުކޮށްފައިވާ މި ހާއްސަ އޮފަރ ތައް ނޮވެންބަރު މަހުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެ ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.