twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކާޑާއި އަސާސީ ހިދުމަތްތަކުގެ އަގު ތިރިކޮށްދެއްވުމަށް ކުމުންދޫ ކައުންސިލުން ގޮވާލައިފި

Oct 5, 2016

ސަރުކާރުން ދެމުންގެންދިޔަ ސަބްސިޑީ ސަރުކާރުން ކަނޑާލުމާ ގުޅިގެން އެކަން ކުށްވެރިކޮށް ކުމުންދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރެފި އެވެ.

ކުމުންދޫ ކައުންސިލުގައި ތިއްބަވާ ފަސް މެމްބަރުން ސޮއެ ކުރައްވާ މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ސަރުކަރުން ކުއްލިގޮތަކަށް ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ،ހަކުރު އަދި ފުށުން އަގު ދެމުންގެންދިޔަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ގަތުމަށް ކުރަންޖެހޭ ހަރަދު ސަތޭހަ ޕަސެންޓަށް ބޮޑުވެފައިވާ ކަމަށެވެ.

އަދި ހަމަ މިދަނޑިވަޅުގައި އާއްމު ރައްޔިތުން ދައްކަން ޖެހޭ ކަރަންޓް ބިލުގެ ފިއުލް ސާރޗާޖްގެ ގޮތުގައި ނަގައި އަދަދު ސަރުކާރުން ބޮޑުކޮށްފައިވާތީ އިންތިހާއަށް ކަންބޮޑުވެ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.

ކާޑާއި ކަރަންޓްގެ އަގު ބޮޑުވުމުގެ ސަބަބުން ހދ އަތޮޅުގެ ރައްޔިތުންނަށާއި ކުމުންދޫ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް ކުމުންދޫ ކައުންސިލުން ނުހަނު ކަންބޮޑުވާކަމަށް ނޫސްބަޔާނުގައިވެ އެވެ.

” އަދި މިވަގުތު ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތިކަމުން އަރައިގަތުމަށް ކުރިއެކޭވެސް އެއްގޮތަށް ކާޑުން ސަބްސިޑީ ދެއްވުމަށާއި އަސާސީ ހިދުމަތްތަކުގެ އަގުތައް ތިރިކޮށްދެއްވުމަށް ސަރުކާރަށް ގޮވާލަން” ކުމުންދޫ ކައުންސިލްގެ ނޫސްބަޔާންގައި ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355