twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކައުންސިލުތަކަށް ބިރުދައްކާފައި ވަނިކޮށް ކުރިނބީ ކައުންސިލުން ނޫސް ބަޔާން ނެރެފި

Oct 7, 2016

ސަރުކާރުން ނިންމާ ނިންމުންތަކަށް ޖަދަލުކޮށް ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ގާނޫނީގޮތުން ލިބޭ ބާރެއް ނޫން ކަމަށް ބުނެ ލޯކަލް ގަވަމެންޓް އޮފް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް ބިރުދައްކާ ނޫސް ބަޔާން ނުނެރުމަށް އަންގާފައިވަނިކޮށް ހދ ކުރިނބީ ކައުންސިލުން ނޫސް ބަޔާން ނެރެފި އެވެ.

ރޭ ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު ކުރިނބީ ކައުންސިލުން ނެރުނު ނޫސް ބަޔާންގައި ވަނީ އާއްމުކށް ރައްޔިތުން ކެއުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުން ސަބްސިޑީ ކަނޑާލައި އަގު ދެގުނައަށް ބޮޑުކުރުމަކީ އެކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

“މިއަހަރަކީ ރާއްޖޭގެ ތާރީހްގައިވެސް ދައުލަތުގެ ބަޖެޓް އެންމެ ބޮޑުކޮށް ފާސްކޮށްފައިވާ އަހަރަށް ވީހިނދު، ކުއްލިއަކަށް ކާޑުގެ އަގަށް މިހާބޮޑުވެގެން ދިއުމަކީ ގަބޫލުކުރެވޭ ކަމެއްވެސް ނޫން. ދިވެހި ދައުލަތް ހިންގަމުންދަނީ ރައްޔިތުން އަތުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާއިން ކަމަށް ވީއިރު ކާޑުގެ އަގު ތިރިކުރެވެން ޖެހޭ” ނޫސް ބަޔާންގައިވެ އެވެ.

ހަތަރު މެމްބަރުން ސޮއެކުރައްވާ ނެރުނު ބަޔާންގައި ވަނީ ކާޑުގެ އަގު ބޮޑުވުން އެކަމުގެ އަސަރު އެންމެ ބޮަޑަށް ކުރަނީ ނިކަމެތިންނަށް ކަމަށެވެ. ހދ އަތޮޅަކީ ވަޒީފާގެ ފުރުސަތު މަދު އަތޮޅެއްކަަމަށް ސަރުކާރުންވެސް ގަބޫލުކުރާއިރު މިކަމުގެ ހިތްދަތިކަން އެންމެ ބޮޑަށް ލިބޭނެ އަތޮޅަކަށްވެސް ވާނީ ހދ އަތޮޅުކަމަށެވެ. މިކަމުގެ ސަބަބުން އެންމެ ފަގީރުކަން އިތުރަށް ބޮޑުވެ، ރައްޔިތުން ނިކަމެތިވެގެންދާނެ ކަމަށް ބަޔާންވެ އެވެ.

ބަޔާން ނިންމާލާފައިވަނީ ކުރިންވެސް ކާޑު ވިއްކި އަގަށް ކާޑުގެ ބާވަތްތައް ހެޔޮކޮށްދެއްވުމަށް ސަރުކާރަށް އިލްތިމާސްކުރަމުންނެވެ.

ކުރިނބީ ކައުންސިލް ކާޑު މައްސަލާގައި ރޭ ނޫސްބަޔާން ނެރެފައިވާއިރު ސަރުކާރުގެ ސިޔާސަތުތަކާއިި ނިންމުންތަކާ ދެކޮޅު ހެދުމާއި ހިތްހަމަނުޖެހުން ފާޅުކޮށް ބަޔާން ނެރުމަކީ ކައުންސިލްތަކަށް ގާނޫނީގޮތުން ބާރު ލިބޭ ކަމެއް ނޫން ކަމަށް ވެސް އެލްޖީއޭގެ އިއްޔެ ކައުންސިލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވެ އެވެ.

ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ސަރުކާރުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދައި ބަޔާން ނެރުމަކީ ކުށުގެ ދަރަޖައިގެ ދެ ވަނައިގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ކަމަށްށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355