twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކާޑާއި ކަރަންޓްގެ އަގު ބޮޑުކުރުމުން ޔާމީންގެ އިސްތިއުފާއަށް ގޮވާލާ ކުޅުދުއްފުށީގައި މުޒާހަރާކޮށްފި

Oct 7, 2016

ކާޑުގެ ބާވަތްތަކާއި ކަރަންޓްގެ އަގު ސަރުކާރުން ބޮޑުކުރުމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވައި މިއަދު ކުޅުދުއްފުށީގައި މުޒާހަރާކޮށްފި އެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ އަމީނީމަގުގައި ކުރިއަށްދިޔަ މިމުޒާހަރާގައި ކުރީ ޒަމާނުގައި މީހުން ކައިރި އުޅުނު ބޯކަށިކޭލާއި މަގޫފަތް ފަދަތަކެތީގެ އިތުރުން ތަފާތު އެކި ލިޔުންތައް ލިޔެފައި ހުރި ގިނަ އަދަދެއްގެ ބޯޑުތައް ގެންގުޅިފައިވެ އެވެ.

މިއަދު ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން–

 

މުޒާހަރާގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ވިދާޅުވީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ވިފަދަ ހިތާމަވެރި ދުވަހެއް ދެކެން ބޭނުންނުވާ ކަމަށާއި އެފަދަ ދުވަހެއް ނުފެންނަނީސް ކާޑާއި ކަރަންޓްގެ އަގު ކުރިން ހުރި އަގަށް ތިރިކޮށް ދެއްވުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

ސަރުކާރުން މާލެއާ ރާއްޖޭގެ އެހެން ރަށްތަކުގައި ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި  ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅޭކަން ފާހަގަކުރައްވައި އަލީ ވަނީ އެތަފާތުކުރުން ހުއްޓާލައި އެހިދުމަތް މާލެއާ އެއްހަމައެއްގައި ރަށްތަކަށް ދިނުމަށް ވަނީ ގޮވާލާފަ އެވެ.

މިއަދު ކުޅުދުއްފުށީގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން–

 

މިއަދު ހަވީރު ކުރިއަށް ދިޔަ މި މުޒާހަރާގައި ތަފާތު އެކި ޝުއޫރުފާޅުކޮށްފައި ހުރި ބެނާތަކާއި ބޯޑުތައް ވަނީ ގެންގުޅިފަ އެެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ ކުރިނބީގައި އާއި ނޮޅިވަރަންފަރު އަދި ވައިކަރަދޫގައި ވެސް މިއަދު ހަވީރު މުޒާހަރާކޮށްފައިވެ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355