twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަނގައިން ނުބައިވަސް ދޮވާތަ، މީ އެކަމަށް ގޭ ގައި ކުރެވިދާނެ ހައްލެއް !

Oct 24, 2016

އެކި ސަބަބުތަކާއި ހުރެ އަނގައިން ނުބައިވަސް ދޮވަ އެވެ. އަނގަ ހިކުމުން، ބަލިވެގެން ނުވަތަ މިނޫންވަސް އިތުރު ސަބަބުތަށް ހުރެ އެވެ. މިއޮތީ އެކަމަށް ކުރެވިދާނެ ބައެއް ކަންތަކެވެ.

ބޭކިން ސޯޑާ

ބޭކިން ސޯޑާ އަކީ އަނގައިގަ ހުންނަ ވަސް ފިލުވާލައި އަނގައިގަ ހުންނަ އެސިޑް އެއްވަރެއްގައި ހިފަހައްޓައިދޭ އެއްޗެކެވެ. އެއް ސަމްސާ ބޭކިން ސޯޑާގެ ތެރެއަށް އެއް ޖޯޑް ފެން އެޅުމަށް ފަހު ކޮންމެ ދުވަހަކު އަނގަ ދޮވެލާށެވެ. ދަތް އުނގުޅާ ބޭހެއްގެ ބަދަލުގައި ވެސް ބޭކިން ސޯޑާ ބޭނުން ކުރެވި ދާނެއެވެ. މިގޮތަށް ހަފްތާ އަކު ކަންތައް ކޮށްލުމުން އެދެވޭ ނަތީޖާއެއް ފެންނާނެ އެވެ.

ގުރީންޓީ

ގުރީންޓީ އަކީ ހަށިގަނޑަށް އެކި ގޮތްގޮތުން ފައިދާ ކުރާ އެއްޗެކެވެ. ގުރީންޓީ އަކީ އަނގަތެރޭގައި އުފެދޭ ބެކްޓީރިއާ ތައް މަދުކޮށް ކޮނބަޑި އުފެދުން މަދުކޮށްދޭ ބުއިމެކެވެ. ކޮންމެ ދުވަހަކު އެއްތަށި ގުރީންޓީ ބޯށެވެ. ދުވަސްކޮޅަކުން އެކަމަށް އާދަވެ އެ ބުއިން މީރު ބުއިމަކަށް ވާނެެ އެެވެ.

އެޕަލް ސިޑާރ ވިނެގައި

ކާ އެއްޗެހި ހަޖަމް ކުރުމުގައި މައްސަލަ ހުރުމުގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދޮވައެވެ. އެޕަލް ސިޑާރ ވިނެގައި އަކީ މިދެކަމަށްވެސް އޮތް ހައްލެ ކެވެ. އެއް ސަމްސާ އެޕަލް ސިޑާރ ވިނެގައިގެ ތެރެއަށް އެއް ޖޯޑު ފެން އަޅާށެވެ. އަދި ކޮންމެ ކޮންމެ ކައިގަޑީގެ ބައިގަޑި އިރު ކުރިން ބޯލާށެވެ.

ފެން

އަނގަތެރެ ހިކުން ނުދީ ފެންބޯށެވެ. ކާ އެއްޗެހި އަނގައިގަ ހުރުމުގެ ސަބަބުން އަނގައިން ނުބައިވަސް ދޮވަ އެވެ. ކެއުމަށްފަހު ފެން ބޯށެވެ. އަދި ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355