ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ކަައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް 06 އޮކްޓޯބަރ އިން 15 އޮކްޓޯބަރ ގެ ނިއަލަށް ހުކުރު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 14:30 ން ހަވީރު 17:00 ށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން ޝަކުވާ ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލަށް ވަޑައިގެން ޝަކުވާ ފޯމް ހުށައެޅުއްވުމަށް އެކައުންސިލުން އެދެއެވެ. ޝަކުވާ ފޯމް އެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހު 14 ވަނަ ދުވަހު އެވެ.