twitterviber whatsapp telegramfacebookyoutube instagram
17th May 2024

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިއަހަރު 25 ކުދިންނަށް ލިބިފައި

Oct 9, 2016

ޒުވާނުން ބާރުވެރިކުރުމަށް ދިރާގުން ކުރިއަށްގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިއަހަރު 25 ކުދިންނަށް ލިބިފައެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ކުރިއަށްދިޔަ ރަސްމީޔާތުގައި ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް މިއަހަރު ހޮވުނު ކުދިންނަށް ވަނީ އެންރޯލްމަންޓް ލެޓަރ ހަވާލު ކޮށްފައެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާ ގެ ދަށުން ޒުވާނުން ވަޒީފާއަށް ހޭލުންތެރިކޮށް، ވަޒީފާގެ މާޙައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 2009 އަހަރުން ދިރާގުން ފަށާފައިވާ ޕްރޮގްރާމެކެވެ.

އުމުރުން 18 އަހަރާއި 24 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެ އަމާޒު ކުރެވިފައިވާ މި ޕުރޮގުރާމްގައި ދަރިވަރުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުމަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމް ތައް ކުރިއަށް ގެންދެއެވެ. މިގޮތުން އޭލެވެލް ނިންމާފައިވާ ދަރިވަރުންނަށް މި ޕްރޮގްރާމް މެދުވެރިކޮށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައި ލެވިފައި އޮތީ މާލޭގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި އެވެ. އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ހުރެގެން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

މި ޕްރޮގްރާމްގައި ދިރާގުގެ ވަރަށް ގިނަ ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި ސޭލްސް، މާކެޓިންގ، ޕްރޮކިއުމަންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް، ހިރުމަން ރިސޯސަސް،ފައިނޭންސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯކްސް އަދި ކަސްޓަމަރ ސޮލިއުޝަންސް ޑިޕާޓްމަންޓް ހިމެނެއެވެ. އަދި ބައިވެރިވާ ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިވުމުގެ ގޮތުން ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން މެންޓޯ އެއް ކަނޑައެޅިފައިވާނެ ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

ޕްރޮގްރާމްތެރޭގައި ހިމެނޭ އިތުރު ކޯސްތަކުގެ ޓްރެއިނިންގައި ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރެއިނިންގް ވެސް ހިމެނެއެވެ. މީގެ ތެރޭގައި އެތިކްސް، ޓައިމް މެނޭޖްމަންޓް، ކޮމިއުނިކޭޝަންސް ސްކިލސް، އަދި ވަޒީފާ ތަކަށް ކުރިމަތިލާން ފަސޭހަވާނޭ ގޮތަށް، ރަނގަޅު ސީވީއެއް ތައްޔާރުކުރުން، ޖޮބް އިންޓަވިއު ސްކިލްސް ފަދަ ޓްރެއިނިންތަށް ހިމެނިގެންދެ އެވެ.

މި ޕުރޮގްރާމްގައި ބައިވެރިވި ގިނަ ކުދިންނަކީ މިހާރު ދިރާގުގެ އިތުރުން ރާއްޖޭގެ ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް ކާމިޔާބު ކަމާއެކީ އަދާކުރަމުން އަންނަ ޒުވާނުން ނެވެ. އަދި ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށް ދޭނެކަމަށް ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355