twitterviber whatsapp telegramfacebookyoutube instagram
16th February 2026

ކައްޓަލަފުށި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

Oct 10, 2016

ހދ. އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް މި އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކައްޓަލަފުށި ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

އަތޮޅު ކައުންސިލުން ވަނީ މިދިޔަ 8 އޮގަސްޓު ވި ހޯމަ ދުވަހު ކައްޓަލަފުށި ބެލެހެއްޓުމަށް އެދި އިއުލާން ކޮށްފައެވެ. އެހެންނަމަވެސް އެކަށީގެންވާ މިންވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާން ވަނީ ބާތިލް ކޮށްފަ އެވެ.

މިރަށް ބެލެހެއްޓުމަށް އެދޭ ފަރާތްތަކުން 2016 އޮކްޓޯބަރު 18 ވާ އަންގާރަދުވަހުގެ 11:00 އަށް އަތޮޅު ކައުންސިލްގެ އިދާރާއަށް މައުލޫމާތު ސާފުކުރުވުމަށްފަހު 2016 އޮކްޓޯބަރު 23 ވާ އާދީއްތަދުވަހުގެ 11:00 އަށް އަތޮޅު ކައުންސިލުގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް އިއުލާނުގައި ވެއެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިފަދަ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުގެތެރެއިން އިކޮނޮމިކް މިނިސްޓްރީގައި ގަވާއިދުން ވިޔަފާރި

ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި މައުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއާއެކު ހުށަހެޅުއްވުމުން ގަބޫލުކުރެވޭނެ ވާހަކަ ދެންނެވި އެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނެވުމަށްވެސް ވަނީ އިއުލާނުގައި ބުނެފައެވެ.

ކައްޓަލަފުށި އަކީ 2.3 ހެކްޓަރުގެ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355