twitterviber whatsapp telegramfacebookyoutube instagram
13th April 2026

ކުޅުދުއްފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމަށް ހުޅުވާލައިފި

Oct 10, 2016

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ކުޅުދުއްފުށީ ކައުންސިލަށާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީގެ ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ކެޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމެރީ ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ އެމްޑީޕީ އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އިންތިހާބުގައި އެ ޕާޓީން ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 20 ގެ ކުރިން އެ އޮފީހަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޕްރައިމެރީގައި ވޯޓް ލެވޭނީ 20 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ކޮމެޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ އެޕާޓީގެ މެމްބަރުންނަށް ކަމަށް އެމްޑީޕީ ބުނެ އެވެ.

ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ނޮވެމްބަރު 17 ،18 އަދި 19 ގައި އެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 26 ގަ އެވެ. މި އިންތިހާބު ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 14 ގަ އެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށީ ކައުންސިލަށް މިފަހަރު އިންތިހާބު ކުރާނީ 5 މެންބަރުންނެވެ. މިއަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355