twitterviber whatsapp telegramfacebookyoutube instagram
14th August 2026

ހދ އަތޮޅުގެ ރަށްތަކަށް 89 ހާސް ރުފިޔާގެ ޑަސްބިން ހަދިޔާކުރުމުގެ ޕްރޮގުރާމެއް ފަށައިފި

Oct 10, 2016

ހދ އަތޮޅު ކައުންސިލުން 89 ހާސް ރުފިޔާ ހަރަދުކޮށްގެން އަތޮޅުގެ ރަށްތަކަށް ޑަސްޕިން ހަދިޔާކުރުމުގެ ޕްރޮގުރާމެއް ފަށައިފި އެވެ.

ސާފުތާހިރު ވެއްޓެއް ގާއިމްކުރުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ މިޕްރޮގުރާމް ފެށުމުގެ ގޮތުން ފުރަތަމަ ޑަސްބިން ހަދިޔާކޮށްފައިވަނީ ހަނިމާދޫ ކައުންސިލަށެވެ. ހަނިމާދޫ ކައުންސިލަށް ޑަސްބިން ހަދިޔާކޮށްދެއްވީ އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އިބުރާހީމެވެ. ޑަސްޕިނާ ހަވާލުވީ ހަނިމާދޫ ކައުންސިލުގެ ރައީސް ހަސަން ޖައުފަރެވެ.

މިޕްރޮގުރާމްގެ ދަށުން ހދ އަތޮޅުގެ މީހުން އުޅޭ 13 ރަށަށް 240 ލީޓަރުގެ ޖުމްލަ 50 ޑަސްބިން ހަދިޔާކުރުމަށް ވަނީ ހަމަޖެހިފަ އެެވެ. އަތޮޅު ކައުންސިލުން ބުނީ ރަށްތަކަށް ޑަސްބިން ދޫކުރަނީ އާބާދީގެ ނިސްބަތަށް ބަލައިގެން ކަމަށެވެ. އެގޮތުން އެންމެ މަދުން މީހުން ދިރިއުޅޭ ރަށްށަކަށްވެސް 3 ޑަސްބިން ލިބޭނެކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.

ހަނިމާދޫގެ އިތުރުން ނޮޅިވަރަންފަރާއި ފިނޭ ފަދަ ރަށްތަކަށް މިހާރު ޑަސްބިން ވަނީ ދޫކޮށްފަ އެވެ.

މިޑަސްބިންތައް ބަހައްޓާނެ ތަންތަން ކަނޑައަޅާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355