އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލް މެމްބަރުކަމަށް ހަސަން ޝައްފާނު(ޗައްޕު) ކުރިމަތިލުމަށް ގަސްތުކުރާކަން ހާމަކޮށްފި އެވެ.
ކޭއޯ އާ ވާހަކަ ދައްކަމުން ޗައްޕުބުނީ އަންނަ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލްގެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ވާދަކުރަން ގަސްތުކުރާކަން ޝޯސަލް މީޑީއާގައި ހާމަކުރުމުން ގިނަ ބަޔަކު އެކަމަށް ތާއިދުކުރި ކަމަށް ޗައްޕު ބުންޏެވެ.
” މީހުންގެ ހިޔާލް އަދި މިބަލާލަނީ. ބަލާފަ ރަނގަޅުގޮތެއް ވަންޏާ އިރާދަކުރެއްވީ ލާނަން ” ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ ޗައްޕު ބުންޏެވެ.