އަރިދަފުސް ރޯގާޖެހިގެން ޑޮކްޓަރަށް ދައްކާމީހުންގެ އަދަދު މިދުވަސްކޮޅު އިތުރުވެފައިވާ ކަމަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތުން ބުނެފި އެވެ.
ކުޅުދުއްފުށީ ޕަބުލިކް ހެލްތް އޮފިޝަލް ފާތުމަތު ހަސަން ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ދުވަސްކޮޅު އަރިދަފުސް ރޯގާ އައި ވައިރަލް ފީވާ ޖެހިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދައްކާ މީހުންގެ އަދަދު ވަނީ އިތުރު ވެފައިކަމަށާއި ގިނައިން ޑޮކްޓަރަށް ދައްކަނީ 5 އަހަރުން މަތީގެ މީހުން ކަމަށެވެ.
އެގޮތުން ގާތްގަނޑަކަށް ކޮންމެ ދުވަހަކު 350 އާއި 400 ދެމެދުގެ އަދަދަކަށް ޑޮކްޓަރަށް ދައްކާ ކަމަށާއި އިއްޔެ އެކަނިވެސް 5 އަހަރުން ދަށުގެ 51 ކުއްޖަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ފާތުމަތު ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުގައި ވެސް މި ދުވަސްކޮޅު ރޯގާއާއި ވައިރަލް ފީވާ އިތުރު ވެފައިވާކަން ފާހަގަ ކުރެވޭކަމަށް ޕަބްލިކް ހެލްތުން މައުލޫމާތު ދެއެވެ.