twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރޯހައުސްތަކަށް ނުވަދެވިގެން އުޅެނިކޮށް ގަސްފަޅާ ވާވަނީ

Oct 15, 2016

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި 2 ސަރަހައްދެގައި އިމާރާތްކޮށްފައި ހުރި ރޯހައުސްތައް ނިމިފައިވާއިރު އެތަންތަނުގެ ބޭނުން ނުހިފިއުޅެނިކޮށް ގަސް ފަޅާ ވާވާން މިހާރު ވަނީ ފަށާފަ އެވެ.

އެގޮތުން ކަނބޯރަނި ހިޔާގައި ހުރި ރޯހައުސްތައް ހުންނަ ސަރަހައްދުގައިވެސް ބޭކާރު ގަސްތައް ހެދި ވަނީ ވާބޯވެފަ އެވެ. އަދި މާފަލު ހިޔާގައި ހުރި ރޯހައުސްތައް ހުންނަ ސަރަހައްދުގައި ޖޭމްގަހާއި ތަފާތު އެކި ބާވަތްތަކުގެ ވިނަ ގަސްތައް ފަޅަން ވަނީ ފަށާފަ އެެވެ.

ކަނބޯރަނި ހިޔާގެ ރޯހައުސްތައް ކައިރީގައި ވިނަފަޅާ ގަސްހެދިފަ

ކަނބޯރަނި ހިޔާއިން ރޯހައުސް ލިބޭ ފަރާތްތަކުގެ ގުރުއަތު މިހާރު ނަގާފައިވާތާ 5 މަސްވެފައިވާއިރު އެތަން ލިބުުނު ފަރާތްތަކަށް ވަނީ ހަވާލުނުކުރެވިފަ އެވެ. ހަމައެއާއެކު މާފަލު ހިޔާގައި ހުރި ރޯހައުސްތަކުގެ ގުރުއަތުލުން ނެގުމަށް އިއުލާންކުރުމަށް ފަހު، ފަހު ވަގުތު ހައުންސިންގ މިނިސްޓްރީގެ އެންގުމަކަށް އެކަން ވަނީ މަޑުޖައްސާލާފަ އެވެ.

ކަނބޯރަނި ހިޔާގެ ރޯހައުސްތައް ކައިރީގައި ވިނަފަޅާ ގަސްހެދިފަ

ކުޅުދުއްފުށީ ކައުންސިލް މެމްބަރު އަލީ ހާޝިމް ވިދާޅުވީ ރޯހައުސްތަކުގެ މަސައްކަތް ނުނިމި، ހަވާލުނުކުރެވި ދިއުމަކީ ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. 6 އަހަރުވެފައިވާ އެމަޝްރޫއު ނިމުމުންވެސް ރޯހައުސްތައް ހަވާލުނުކުރެވި މިހާތަނަށްވެސް އޮތުމަކީ ސަރުކާރުގެ ފެއިލާއެއް ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

އަލީ ހާޝިމް ވިދާޅުވީ މަސައްކަތް ނިމިފައި ހުރި ރޯހައުސްތައްވެސް ކައުންސިލާ މިނިސްޓްރީން ހަވާލުނުކުރާ ކަމަށެވެ. ރޯހައުސްތަކުގެ މައްސަލާގައި ދާދީ ފަހުން ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރިޔާޒާއި ބައްދަލުކޮށް އެކަން އަވަސްކޮށްދެއްވުމަށް އެދިފައިވީ ނަމަވެސް އެކަމުގެ ހަބަރެއް ފަހުން ލިބިފައިނުވާ ކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355