twitterviber whatsapp telegramfacebookyoutube instagram
14th August 2026

މޯލްޑިވިއަން އައިޑޮލްގެ އޮފިޝަލް ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް

Oct 12, 2016

ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރ އެގްރީމަންޓްގައި މިއަދު އެސްއެމް އާ އެކު ވަނީ ސަޮއިކޮށްފައެވެ.

މި ޕާޓްނަރޝިޕް އާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްއިން ބުނެފައިވަނީ މި ޝޯ ވެގެން ގޮސްފައިވަނީ ދިވެހިންގެ ހުރިހާ އުމުރުފުރާއެއްގެ ބޭފުޅުންގެ މެދުގައިވެސް ވަރަށް ބޮޑު މަގްބޫލްކަމެއް ހޯދައިފާ ޝޯއެއް ކަމަށެވެ.

ބީއެމްއެލް އިން ވަނީ ދިވެހި މުޖުތަމައު ތަރައްގީ ކުރުމުގައި އެތައް އަހަރެއްވަންދެން އެހީތެރިކަން ފޯރުކޮށްދީފައިއެވެ. އަދި މި އެހީތެރިކަން އިތުރަށް ފުޅާކޮށް މި ޝޯ މެދުވެރިކޮށް ދިވެހި ޒުވާން ފަންނާނުންގެ ހުނަރުވެރިކަން އިތުރަށް ތަރައްގީކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓާ އިބްރާހިމް ހަލީލު ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ.

ދެވަނަ ސީޒަންގެ އޮޑިޝަންތައް މިއަންނަ ހަފްތާ ބަންދުގައި ފެއްޓުމަށް ހަމަޖެހިފައިވާއިރު ސީޒަންގެ ފުރަތަމަ ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355