twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހދ އަތޮޅު ތައުލީމީ މަރުކަޒަށް 2 ޑެޕިއުޓީ ޕްރިންސިޕަލުން ހޯދުމަށް އިއުލާން ކޮށްފި

Oct 13, 2016

ހދ އަތޮޅު ތައުލީމީ މަރުކަޒަށް 2 ޑެޕިއުޓީ ޕްރިންސިޕަލުން ހޯދުމަށް އިއުލާން ކޮށްފި އެވެ.

އެ ސްކޫލަށް 2 ޑެޕިއުޓީ ޕްރިންސިޕަލުން ހޯދުމަށް އިއުލާން ކޮށްފައިވަނީ މި އޮކްޓޯބަރ މަހު 9 ވަނަ ދުވަހުއެވެ. މި އިއުލާނުގައި ވާގޮތުގައި މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހު އެ ސްކޫލުގައި ކަމަށާއި މި ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރު ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެ ކަމަށެެވެ.

މި މަގާމަށް އެދި ފޯމް ހުށައެޅުމުގެ އެންމެ ފަހު ގަނޑިއަކީ 20 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ސްކޫލުގެ 6528817 ނަންބަރު ފޯނާ ގުޅުމަށް އެސްކޫލުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355