މުސާރަ ކުޑަކަމަށް ބުނެ ކުޅުދުއްފުށީ އެމްޕީއެލްގައި މުވައްޒަފުން މަސައްކަތް ހުއްޓާލައިފި އެވެ.
މަސައްކަތް ހުއްޓާލާފައިވަނީ މިއަދު ހަވީރު ރަސްމީ ގަޑީގެ ފަހުންނެވެ. މިރޭ ބަނދަރުގެ ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.
މަސައްކަތް ހުއްޓާލި ސަބަބު ހާމަކުރަމުން އެތަނުގެ މުވައްޒަފުން ބުނީ އަސާސީ ހިދުމަތްތަކުގެ އަގު ބޮޑުވުމުން މިހާރު ލިބެމުންދާ ކުޑަ މުސާރައަކަށް ނޫޅެވޭނެތީ މުސާރަ ބޮޑުކޮށްދިނުމަށް ޕެޓިޝަނެއްގައި ސޮއެކޮށް އެމްޕީއެލްއަށް ފޮނުވުމުން، ކުޅުދުއްފުށީ ބަނދަރާ ހަވާލުވެހުރި އިސްފަރާތް ވަޒީފާއިން ވަކިކުރުމުން ކަމަށެވެ.
މުވައްޒަފުން ބުނީ މަަސައްކަތް ހުއްޓާލީ މިއަދު ރަސްމީ ގަޑިއަށްފަހު ކަމަށާއި އެވަގުތު އެތަނުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.
އެމީހުން ބުނީ ވަޒީފާ އަދާކުރާތާ 11 އަހަރަށް ފަހު ވަޒީފާގެ ކުރިއެރުން ހޯދުމަށް އެދުމުން ތަނުގެ މުވައްޒަފުން ވަކިކުރުމަކީ ހައްލެއް ނޫން ކަމަށެވެ. މާލޭ ބަނދަރާއި އައްޑޫ ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބަލާއިރު ކުޅުދުއްފުށީ ބަނދަރުގެ މުވައްޒަފުންނަށް ލިބެނީ ވަރަށް ކުޑަ މުސާރައެއް ކަމަށް އެމީހުން ބުންޏެވެ. އެތަނުގެ މުވައްޒަފުން ބުނީ މުވައްޒަފުންގެ މުސާރައިގެ ތަފާތުކުރުން އިންތިހާއަށް ބޮޑު ކަމަށެވެ.
މިއަދު ހަވީރުގެ ފަހުން މަސައްކަތް ހުއްޓާލީ ހޮނިހިރު ދުވަހު ވަޒީފާއަށް ނިކުތުމަށް ކަމަށް އެމީހުން ބުންޏެވެ. މީގެ ކުރިން އެމްޕީއެލްގެ ސީއީއޯއަކަށް ހުންނެވި ބޭފުޅާ ވަނީ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އެމީހުން ބުންޏެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ކޭއޯއަށް ކުޅުދުއްފުށީގެ ބަނދަރުގެ މުވައްޒަފުން މުސާރަ ބޮޑުނުކޮށްގެން ކަމަށް ބުނެ އެތަނުގެ 47 މުވައްޒަފުން ސޮއެކޮށް ޕެޓިޝަނެއް ހުށަހަޅާ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެތަކެއް ރައްޔިތުންނަށް ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މުވައްޒަފުން މަސައްކަތް ހުއްޓާލާފައިވާތީ މާލެއިން 50 މުވައްޒަފުން ގޮވައިގެން މާދަމާ ކުޅުދުއްފުއްޓަށް އަންނާނެ ކަމަށާއި މަސައްކަތްތައް އަލުން ފަށާނެ ކަމަށެވެ.
ޖުނައިދު ވިދާޅުވީ ސީއީއޯކަމުގެ މަގާމުގައި ހުންނެވިހާ ދުވަހަކު ކުޅުދުއްފުށީ ޕޯޓްގެ މުވައްޒަފުން އެ ޑިމާންޑްކުރި ގޮތަށް މުސާރަ ބޮޑުކޮށް ނުދެއްވާނެ ކަމަށެވެ.
މަސައްކަތް ހުއްޓާލުމުން މުވައްޒަފުންނާ މެދު ފިޔަވަޅު އަޅުއްވާނެ ތޯ ކޭއޯއިން ސުވާލުކޮށްލުމުން ޖުނައިދު ވިދާޅުވީ އެކަމާ
ކުޅުދުއްފުއްޓަށް ގޮސް މަޝްވަރާކުރާނެ ކަމަ ޖުނައިދު ވިދާޅުވީ އޭނާއަކީ މުވައްޒަފުންނަށް އެހާނާތެރިކޮށް ހިތްތަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެއް އެގޮތަށް ކުއްލިއަކަށް ހުއްޓާލުމަށްފަހު މިފަދަ ދަނޑިވަޅެއްގައި ގެއަށް ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް އަމަލުކުރުމުން މުސާރަ ބޮޑުކޮށްދީފައިނަމަ އެކަން ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުން ވެސް އެގޮތަށް އަމަލުކޮށްފާނެ ކަމުގެ އެވެ.