twitterviber whatsapp telegramfacebookyoutube instagram
17th May 2024

ކުޅުދުއްފުށީ ޕޯޓުގެ މުވައްޒަފުން އަލުން އަބުރާ މަސައްކަތް ނިކުމެއްޖެ

Oct 14, 2016

މުސާރައިގެ ކުރިއެރުމެއް ނުލިބޭތާ 10 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާތީ އިއްޔެ މަސައްކަތް ހުއްޓާލި ކުޅުދުއްފުށީ ޕޯޓްގެ މުވައްޒަފުން މިއަދު ވަޒީފާއަށް ނިކުމެއްޖެ އެވެ.

މަސައްކަތް ހުއްޓާލީ އިއްޔެ ރަސްމީ ގަޑިއަށް ފަހު އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ކޭއޯއަށް ވިދާޅުވީ މުވައްޒަފުން އަލުން ވަޒީފާއަށް ނުކުތީ ކުޅުދުއްފުށީ ޕޯޓްގެ އޮޕަރޭޝަންތައް ފެށުމަށް މާލޭއިން ގެނައި 40 ވަރަކަށް މުވައްޒަފުންނާ އެކު ކުޅުދުއްފުއްޓަށް އައިސް ކުރި މަސައްކަތުން ކަމަށެވެ.

ޖުނައިދު ވިދާޅުވީ މުވައްޒަފުންގެ ޑިިމާންޑަކަށްވީ ހަމަ މުސާރަ ބޮޑުކުރުން ކަމަށެވެ. އެހެން ނަމަވެސް މިދަނޑުވަޅުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަދު ހެނދުނު ކުޅުދުއްފުށީ ޕޯޓްގައި އޮތް ބައްދަލުކުރެއްވުމުގައި އެންމެ މުވައްޒަފަކު ފިޔަވާ އެހެން ހުރިހާ މުވައްޒަފުންނެއް ބަދަލުކުރެއްވުމުގައި ބައިވެރިވި ކަމަށެވެ.

ބައްދަލުކުރެއްވުމުގައި ބައިވެރިވެ ނުވަނީ އެތަން ހިންގުމާ ހަވާލުވެ ހުންނެވި އަބުދުއްރަހީމެވެ. ޖުނައިދު ވިދާޅުވީ މިފަދަ ތަންތަނުގެ ވެރިންނަށް ތިބެ މިފަދަ ކަންކަން ރޭވުމުގައި އިސްކޮށް އުޅުއްވީ އަބުދުއްރަހީމް ކަމަށް ތުހުމަތުކުރައްވާފައި އެވެ.

ވަގުތީ ގޮތުން ތަހުގެ ހިންގުން ވަނީ އެސިސްޓޭންޓް މެނޭޖަރު މުހައްމަދު އަހުމަދާއި ހަވާލުކޮށްފަ އެވެ.

ޖުނައިދު ވިދާޅުވީ މިހާރު މަސައްކަތް ބަރާބަރަށް ކުރިއަށްދާ ކަމަށެވެ. މުސާރަ ބޮޑުކޮށް ދިނުމަށް އެދި އިއްޔެ ވަނީ 47 މުވައްޒަފުން ސޮއެކޮށް ޕެޓިޝަނެއްވެސް ޖުނައިދަ އަރުވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355