ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން މިހާރު ދަނީ އެކަން ހާމަކުރަމުންނެވެ. މިފަހަރު ކުޅުދުއްފުށީ ކައުންސިލުކަމަށް ކުރިމަތިލާނެކަން ހާމަކުރަމުންދަނީ ވަރަށް ޒުވާން ފަރާތްތަކުންނެވެ. އެގޮތުން އަންނަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެކަން ކުޅުދުއްފުށީ، ނައިޓްމޫން ޝިޔާމާ އަލީ ވަނީ ހާމަކޮށްފަ އެވެ.
ޝިޔާމަ ކޭއޯއަށް ބުނީ އަންނަ އިންތިހާބުގައި ވާދަކުރަން ނިންމާފައިވަނީ މައިގަނޑު 3 ކަމެއް ރަށުގެ ތަރައްގީއަށް ކޮށްދިނުމުގެ ގަސްތުގަ އެވެ. އެގޮތުން ރަށުގެ ތަރައްގީއަށް ކަންކަން ކޮށްދިނުމާއި އަންހެނުންގެ ހައްގުތައް ހޯދާ ދިނުމަށް މަސައްކަތްކުރުމާއި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުން ކަމަށް ޝިޔާ ބުންޏެވެ.
ޝިޔާމަ ރެޑްކުރެންސެންޓްގެ ދަރުމަވެރިއެއްގެ ގޮތުން ހަރަކާތްވަނީ–
ބެޗެލަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތައުލީމް ހާސިލްކުރަމުންދާ ޝިޔާ ކައުންސިލަށް ކުރިމަތިލުމަށް ތައްޔާރުވަމުން އަންނަނީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އެގޮތުން އެމްޑިޕީގެ ޓިކެޓް ހޯދުމަށް އޭނާ ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމާފަ އެވެ.
ޝިޔާމައަކީ މޯލްޑިވްސް ރެޑްކުރެސެންޓްގެ ދަރުމަވެރިއެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ ޒުވާން ކެރޭ އަންހެނެކެވެ.