ލިކުއިޑް ސޯލްޓް ޑައިވާރސް ކުލަބްގެ ފަރާތުން ނޮވެމްބަރު މަހު ކުޅުދުއްފުށީގައި 2 ކޯހެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.
އެ ކުލަބުން މައުލޫމާތު ދިން ގޮތުގައި ފެށުމަށް ހަމަޖެހިފައިވަނީ އޯޕެން ވޯޓާ އަދި އެޑްވާންސް އޯޕެން ވޯޓާ ދެ ކޯސް ކަމަށާއި މިދެ ކޯސްވެސް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ ފަހު ކޮޅު ކަމަށެވެ.
އޯޕެން ވޯޓާ ކޯސް ކުރިއަށް ދާނީ ގާތްގަނޑަކަށް 5 ދުވަހަށް ކަމަށާއި އެޑްވާންސް އޯފެން ވޯޓާ ކޯސް ކުރިއާސް ދާނީ 3 ދުވަހަކަށް ކަމަށް އެކުލަބުން މައުލޫމާތު ދެއެވެ.
އެގޮތުން ތިއަރީ ކުލާސްތައް ކުރިއަށް ދާނީ ރޭގަނޑުކަމަށާއި ޕްރެކްޓިކަލް ކްލާސްތައް ކުރިއާށް ދާނީ ހެނދުނާއި މެންދުރު ފަހު ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
އޯފެން ވޯޓާ ކޯހުގެ އަގަކީ 4500 ރުފިޔާ އެވެ. އަދި އެޑްވާންސް އޯޕެން ވޯޓާ ގެ އަގަކީ 3500 ރުފިޔާގެ އެވެ.
ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަތަކުން 9838768، 7960475 ނުވަތަ 7798877 ގުޅުއްވާ ނަން ނޯޓު ކުރުމަށް އެފަރާތުން އެދެއެވެ.