ނޮޅިވަރަމް ސްކޫލްގެ މިދިޔަ އަހަރުގެ ސާނަވީ އެންމެ މޮޅު ދަރިވަރަކަށް ނައުމާ މުހައްމަދު އަދި މަތީ ސާނަވީ އެންމެ މޮޅު ދަރިވަރަކަށް ޝައުފާ އަލީ ހޮވިއްޖެ އެވެ.
ނައުމާ 3 މާއްދާއިން އޭ އަދި 5 މާއްދާއިން ބީ ހޯދާފައިވާއިރު ޝައުފާ ވަނީ ހުރިހާ މާއްދާއަކުން ބީ ހޯދާފަ އެވެ.
ރޭ އެސްކޫލުގައި ބޭއްވި ޖަލްސާގައި ޖުމްލަ 35 ދަރިވަރުން ވަނީ އިނާމް ހާސިލް ކޮށްފަ އެވެ.
މި ޖަލްސާ ޝަރަފްވެރިކުރައްވާ ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް އެވެ.