twitterviber whatsapp telegramfacebookyoutube instagram
13th September 2025

ޒާހިލް ފައިސާ ނެތިގެން ބޭސް ނުކުރެވިފަ، ކާން ދެނީވެސް ބަނޑަށްހޮޅިއެއް ގުޅައިގެން

Oct 17, 2016

އެންމެ ހަމަހުން ފެށިގެން އިބްރާހިމް ޒާހިލްއަށް ހަމުގެ މައްސަލަތައް ހުރުމުގެ ސަބަބުން އަދިވެސް ދަނީ އެކަމަށް ފަރުވާ ކުރަމުން ނެވެ. މިހާރު އޭނާގެ އުމުރަކީ 17 އަހަރެވެ. ޒާހިލްގެ ބައްޔަށް ފަރުވާ އަދިވެސް ނުލިބެ އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ޒާހިލްގެ ބައްޕަ މުހައްމަދު ރަޝީދު ބުނެފައި ވަނީ ޒާހިލްގެ ބަލި ހާލަތު އިތުރަށް އައީ ގޯސްވަމުން ކަމަށެވެ. އުމުރުން 10 އަހަރުން ފެށިގެން ދިޔައީ އެއްޗެހި ކައި ހެދުމަށް ދަތިތަކެއް ވަމުންނެވެ. ފައިސާ ނެތުމުން ފަރުވާނުކުރެވި ހުރެ އިންޑިޔާއަށް ދައްކަން ދެވުނު އިރު ހުރީމާ ލަސްވެފަ އެވެ. ކަރުތެރޭގައި ވަނީ ލޯވަޅެއް އުފެދި ކަރުތެރެ ހަލާކުވެފަ އެވެ.

ނެއްލައިދޫއަށް އުފަން ޒާހިލް މިހާރު ކާންދެމުން ގެންދަނީ ބަނޑުގައި ލޯވަޅެއް އަޅައިގެން ނެވެ.

ޒާހިލްގެ ބޭސް ފަރުވާއަށް ވަނީ އަވަށްޓެރި އިންޑިއާއަށް ދެވިފަ އެވެ. އެތަނުން ވަނީ ޒާހިލްގެ ބަނޑުގައި ލޯވަޅެއް އަޅައިދީ ހޮޅިން ދިޔާއެއްޗެހި ދެވޭނެގޮތް ހަދައި ދީފައެވެ. އަދި ކަރުގައި އިން ލޯވަޅު ބެދުމުން ކަރުގެ އޮޕަރޭޝަން އަކުން ކަރަށް ހޮޅިއެއް ލައްވައިގެން އަނގައިން ކާންދެވޭނެ ކަމަށް ވަނީ ބުނެފައެވެ. ހަންގަނޑު ބަލި ކަމުން އިތުރު ގޮތެއް ނެހެދޭނެ ކަމަށާއި ތިންމަސް ފަހުން ކަރުގެ ލޯވަޅު ބެދުންތޯ ބެލުމަށް އިންޑިޔާއަށް ދާން ޖެހެ އެވެ.

ޒާހިލްއަށް އިތުރަށް ފަރުވާކުރަން ބޭނުންވެ ފައިސާގެ ދަތިކަން ހުރުމުގެ ސަބަބުން ވަނީ އިތުރު ފަރުވާއެއް ނުކުރެވިފަ އެވެ.

ޒާހިލްއަށް އެހީއެއް ވެދެއްވަން ބޭނުންވާ ފަރާތްތަކުން 7931608 އަށް ގުޅުއްވާށެވެ.ފައިސާގެ އެހީ ވެދެއްވަން ބޭނުންވާ ފަރާތްތަކުން އެކައުންޓް ނަންބަރު 7730000089085 އަށް ޓްރާންސްފަރ ކުަރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355