twitterviber whatsapp telegramfacebookyoutube instagram
20th May 2025

މާޒިޔާގެ ނޮޅިވަރަމް އެކަޑަމީ ރަސްމީކޮށް ހުޅުވައިފި

Oct 17, 2016

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ އެކަޑަމީ ރަސްމީކޮށް ނޮޅިވަރަމްގައި ފަށައިފި އެވެ. އެކަޑަމީ ހުޅުވީ ދެންމެއަކު އެރަށު ރަސްމީ ބޯޅަދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް(ދަނގަޑޭ) އާއި މާޒިޔާ އަދި ގައުމީ ޓީމްގެ ޑިފެންޑަރު އަމްދާން އަލީ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދުނާން އަލީ ވިދާޅުވީ މިއެކަމީގެ ސަބަބުން ހުނަރުވެރި ކުދިންތަކެއް އުފެދި ނޮޅިވަރަމްގެ ފުޓްބޯޅަ އެހެން ހިސާބަކަށް ގެންދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ. އަދި މިއެކެޑަމީ ނުކުންނަ ކުދިންނަކީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭނެ ފަދަ ބަޔަކަށް ވެގެންދާނެ ކަމަށެވެ.

މިއެކަޑަމީގެ ސަބަބުން ހދ އަތޮޅު އަދި ނޮޅިވަރަމްގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް އުއްމީދުކުރާ ކަމަށް އަދުނާން ވިދާޅުވި އެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް އަބުދުއް ރަހީމް ވިދާޅުވީ މިއަދު ހުޅުވިގެން މިދިޔަ އެކަޑަމީގެ ސަބަބުން ސަރުކާރަށް “ގެއްލިފައި” އޮތްއޮތުން ފެންނާނެ ކަމަށެވެ. ނޮޅިވަރަމަކީ ތިލަދުންމަތީގައި ތިބި އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން ތިބި އެއް ރަށްކަން ފާހަގަކުރައްވަމުން އަބުދުއްރަހީމް ވިދާޅުވީ މިފަދަ އެކަޑަމީއެއް ނޮޅިވަރަމްގައި ގާއިމްކުރެވިގެންދާތީ މާޒިޔާއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ނޮޅިވަރަމްގައި ހުޅުވިގެން މިދިޔަ އެކަޑަމީގައި 50 ކުދިން މިހާރުވެސް ދަނީ ތަމްރީން ކުރަމުންނެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355