twitterviber whatsapp telegramfacebookyoutube instagram
2nd June 2026

139 ބޭފުޅަކަށް ގާނޫނީ ވަކީލު ކުރުމުގެ ހުއްދަ ދެއްވައިފި

Oct 18, 2016

ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ 139 ބޭފުޅަކަށް ދީފި އެވެ. ވަކީލު ކަމުގެ ހުއްދަ މިބޭފުޅުންނަށް ދީފައިވަނީ ރޭ މި ކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އަދި ބަންޑާރަނައިބް މުހައްމަދު އަނިލްވެސް ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި މި ބޭފުޅުންނަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.

ވަކީލު ކަމުގެ ހުއްދަ މިބޭފުޅުންނަށް ހަވާލުކޮށްދެއްވީ ބަންޑާރަނައިބް މުހައްމަދު އަނިލް އެވެ.

މިރަސްމިއްޔާތުގައި ހުވާކުރި ބޭފުޅުންގެ 60 އިންސައްތަ އަކީ އަންހެން ބޭފުޅުންނެވެ. އެއީ ހުވާކުރި 139 ބޭފުޅުންގެ ތެރެއިން 83 ބޭފުޅުންނަކީ އަންހެންނެވެ އަދި ބާކީތިބި 56 ބޭފުޅުންނަކީ ފިރިހެންނެވެ.

މިއީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގައި މީގެ ކުރިން އަމަލުކުރަމުން ދިޔަ ގަވައިދު ބާތިލްކޮށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭނީ ސުޕްރީމް ކޯޓުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ކަނޑައެޅިފަހުން ވަކީލުން ހުވާކުރުމަށް ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355