twitterviber whatsapp telegramfacebookyoutube instagram
19th May 2024

ގިނަ ބަޔަކު އެދުމުގެ މަތިން އަލީ ތިންވަނަ ދައުރަކަށް ކައުންސިލަށް ކުރިމަތިލަނީ

Oct 19, 2016

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ރަށު ކައުންސިލަށް ކުރިމަތިލުމަށް ނިންމައިފި އެވެ.

ކޭއޯ އަށް އަލީ ވިދާޅުވީ މިފަހަރު ކުރިމަތިލުމަށް ނިންމީ ގިނަ ބަޔަކު އެދުމުން ކަމަށްށެވެ.

“ކުރިން އަޅުގަނޑު ވިސްނާފައި ހުރީ މިދައުރުގައި ކައުންސިލަށް ކުރިމަތި ނުލުމަށް އެހެން ނަމަވެސް އާންމުގެ ގިނަ ބަޔަކު އެދުމުން ކުރިމަތިލުމަށް ނިންމީ” އަލީ ވިދާޅުވީ އެވެ.

ކައުންސިލްކަމަށް ކުރިމަތިލުމަށް ނިންމާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގައި އަލީ ވަނީ މިއަދު ފޯމް ހުށަހަޅާފަ އެވެ.

އަލީ މުހައްމަދަކީ ސިޔާސީ ގޮތުން ކުޅުދުއްފުށީގައި ފުންނާބުސް ބޭފުޅެކެވެ. މިއީ އަލީ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ 3 ވަނަ ފަހަރެވެ. ރަށު ކައުންސިލަށް ވާދަކުރާ 2 ވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355