twitterviber whatsapp telegramfacebookyoutube instagram
13th April 2026

“ޗައިވާލާ” މިހާރު މޮޑެލް ކުރުމާއި ދިމާލަށް

Oct 19, 2016

ޕާކިސްތާނުގައި ސައި ވިއްކުމުގައި އުޅެނިކޮށް ސޯސަލް މީޑިއާގައި ލޯ ރީތިވެގެން ކުއްލި މަޝްހޫރު ކަމެއް ހޯދި “ޗައިވާލާ” މިހާރު ހުރީ މޮޑެލް ކުރުމާއި ދިމާލަށެވެ.

އެންމެ 18 އަހަރުގެ އަރްޝަދު ހާން ގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ ޕޮޓޯގްރާފަރަކު އެނާ ސައި ވިއްކަން ހުއްޓާ ނަގާފައިވާ ފޮޓޯ އެއް ޓްވިޓާގައި އާންމު ކުރުމުންނެވެ.

އަރުޝަދުގެ މިހާރު މިސްރާބު ހުރީ މޮޑެލް ކުރުމާއި ދިމާލަށެވެ. މި ފުރުސަތު އޭނާއަށް ދިނީ ފިޓިން.ޕީކޭ ގެ ފަރާތުންނެވެ. މިއީ އިސްލާމް އާބާދުގައި ކުރިއަށް ގެންދެވޭ ފުރަމަތަ އޮންލައިން ސްޓޯރެވެ.

އެނާ ގެ ފޮޓޯ ސޯސަލް މީޑިއާގައި އާންމު ވުމުން ގިނަ ބަޔަކު ވަނީ މީނާ ހޯދާއި އެކީ ސެލްފީ ވެސް ނަގާފަ އެވެ. އަދި ޕާކިސްތާނުގައި ޓްވިޓާ ބޭނުންކުރާ މީހުންގެ މެދުގައި އެ ގައުމުގެ ރައީސް މަމްނޫން ހުސައިން އަށް ވުރެ އަރްޝަދު މިހާރު މަޝްހޫރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355