twitterviber whatsapp telegramfacebookyoutube instagram
19th May 2024

ކުޅުދުއްފުށީ ވިލާ ކޮލެޖް ކެމްޕަހުގައި ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

Oct 20, 2016

އެދުރު ހިޔާގައި ހިންގުމަށް ހަމަޖެހިފައިވާ ވިލާ ކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަސް ހިންގުމާއި ހަވާލުވެ ހުންނެވި ފަރާތްކަމަށްވާ އިބްރާހިމް ރަޝީދު ކޭއޯ އަށް ވިދާޅުވީ ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ކޯހެއް އަދި ފައިނަލް ނުވާކަމަށެވެ.

އެގޮތުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ފަރސްޓް ޑިގްރީ އިން ފައިނޭންސް އެންޑް އެކައުންޓިން، ހިއުމަން ރިސޯސް މެނޭޖްމެންޓް ސެޓްފިކެޓް ފޯ، އާރލީ ޗައިލްޑްހުޑްގެ ޑިގްރީ އަދި ޑިޕްލޮމާ، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން އެޑިއުކޭޝަން ހިމެނެއެވެ.

އިބްރާހިމް ވިދާޅުވީ ކުޅުދުއްފުށީ ކެމްޕަހުގެ ފޯމް ދޫކުރަން ފަށާނީ އަންނަ މަހުކަމަށާއި މިވަގުތު ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355