twitterviber whatsapp telegramfacebookyoutube instagram
15th August 2026

އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކައުންސިލުން ހުށަހަޅައިފި

Oct 20, 2016

2018 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުޅުދުއްފުށީ ކައުންސިލުން ހުށަހަޅައިފި އެވެ.

ކައުންސިލްގެ ރައީސް އަލީ މުހައްމަދު ކޭއޯއަށް މިއަދު ވިދާޅުވީ އަންނަ އަހަރު ކުޅުދުއްފުށީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ޕީއެސްއައިޕީގައި ހިމަނައި ހުށަހަޅާފައިވާނޭ ކަމަށެވެ.

އެގޮތުން ޗަކަ ބިންތަކުގެގޮތުގައި ހުރި ސަރަހައްދުތައް ހިއްކުމާއި މަގު ހެދުމާއި މިސްކިތެއް ބިނާކުރުމާއި ޒުވާނުންގެ މަރުކަޒެއް ހެދުމާއި މަގު ބައްތިތައް އަލުން ރިޕްލޭސްކުރުމާއި ރަނގަޅު ފެންވަރުގެ މަސްމާރުކޭޓެއް ހެދުމާއި ކުޑަކުދިންގެ ޕާކެއް ހެދުމާއި އޮޑިއެހެލާ ސަރަހައްދެއް ހެދުމާއި ރަށުގެ ވަށައި މަގު ހެދުމާއި ސްޓޭޖެއް ހެދުމުގެ އިތުރުން، އިތުރުން މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށް އަލީ ވިދާޅުވީ އެވެ.

އަލީ ވިދާޅުވީ މިމަޝްރޫއުތައް އަމަލީ ސިފަ ގެނެސް ބަޖެޓްގައި ހިމަނާ ދިނުމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައްޔިތުން މަޖިލީހުގައި ކުޅުދުއްފުށީ ތަމްސީލްކުރައްވާ 2 މެމްބަރަށް ގުޅުއްވައި އެދިފައިވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355