twitterviber whatsapp telegramfacebookyoutube instagram
18th July 2025

ކުޅި ސަރަހައްދުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ބަޖެޓްގައި ހިމެނުމަށް ކައުންސިލުން ހުށަހަޅައިފި

Oct 20, 2016

ކުޅުދުއްފުށީގެ މަށި ކުޅި ސަރަހައްދުގައި ޓޫރިސްޓް ސިޓީ ހޮޓަލެއް ގާއިމްކުރުމަށް ބަޖެޓްގައި ހިމަނައި އެކަން ކުޅުދުއްފުށީ ކައުންސިލުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

އެސަރަހައްދުގައި ޓޫރިސްޓް ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް ކައުންސިލުން ހުށަހެޅީ ކުޅީގެ ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަކަށްށެވެ.

މިދިޔަ އަހަރުވެސް އެތަނުގައި ސިޓީ ހޮޓަލެއް ގާއިމްކުރުމަށް ޕީއެސްއައިޕީ ބަޖެޓްގައި ހިމެނުމަށް ކައުންސިލުން އެދުނުނަމަވެސް އެކަމަށް ސަރުކާރުގެ މުވައްސަސާތަކުން ސަމާލުކަމެއް ނުދިން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުގެ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކުޅި ސަރަހައްދުގައި ސިޓީ ހޮޓަލެއް ގާއިމްކުރުމަށް ބަޖެޓްގައި ހިމެނުމަށް ކައުންސިލުން މިއަހަރުވެސް ހުށަހެޅި ކަމަށެވެ. ސަރުކާރުގެ މުވައްސަސާތަކުންނާއި ކުޅުދުއްފުށީ ތަމްސީލްކުރައްވައި މަޖިލިސް މެމްބަރުން އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދުކުރައްވައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓްވެސް ގާއިމްކުރުމަށް ސަރުކާރުން ނިންމާފައިވަނީ ކުޅި ހިމެނޭ ސަރަހައްދުގަ އެވެ. އެއާޕޯޓަށް ބޭނުންވާ ބިން ނަގައި ފަ ސިޓީ ހޮޓަލެއް އެތަނުގައި ތަރައްގީކުރެވޭހާ ޖާގަ ލިބޭކަމަށް އަލީ ވިދާޅުވި އެވެ.

” ކުޅި ހިމެނޭ ސަރަހައްދަކީ އެއާޕޯޓް އެޅުމަށް ކަނޑައެޅިފައި އޮންނަ ސަރަހައްދަކަށް ވީމަ އެތަނުގައިވެސް އެއާޕޯޓް ނާރައި ހިސާބުގައި ސިޓީ ހޮޓާ ހެދެން އެބައިން ރީތިކޮށް ” އަލީ ވިދާޅުވި އެވެ.

ލޯކަލް ޓޫރިޒަމް ކުޅުދުއްފުށީގައި ގާއިމްކުރުމަށް ބޯޒިޔާރަތް ސަރަހައްދުގުގެ ބިމެއް ވެސް ސިޓީ ހޮޓަލެއް ގާއިމްކުރުމަށް ދޫކުރުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭކަމަށް އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355