twitterviber whatsapp telegramfacebookyoutube instagram
14th August 2026

އަންނަ އަހަރު ނޫރުން ފަށާ 2 ގާރީ ކޯހަށް ފުރުސަތު ހުޅުވާލައިފި

Oct 22, 2016

އަންނަ އަހަރު ޖަމްއިއްޔަތުއް ނޫރު ފަށާ 2 ގާރީ ކޯހަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ޖެނުއަރީމަހު އެޖަމްއިއްޔާއިން ފަށާ 2 ކޯހަކީ ގާރީ ލެވެލް 1 ގެ ކޯހާއި ގާރީ ލެވެލް 2 ގެ ކޯހެވެ.

ގާރީ ކޯސް 1 ދެމަހަށް ކުރިއަށްދާއިރު ފީ އެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ މަހަކަށް 400 ރުފިޔާ އެވެ. ލެވެލް 2 ކޯސް ހަތަރު މަހަށް ކުރިއަށްދާއިރު މަހަކު 400 ރުފިޔާ ދައްކަން ޖެހެ އެވެ.

މިއަހަރުވެސް ކުރިއަށްގެންދަން ހަމަޖެހިފައިވާ ގާރީ ކޯސް ލެވެލް 2 ގައި ބައިވެރިވާ ބޭނުންވާ ކުދިންނަށް ފުރުސަތު އޮތްއިރު އަރަބި ކުލާހުގައިވެސް ޖާގަ އޮތްކަމަށް އެފަރާތުން މައުލޫމާތު ދެ އެވެ.

މިކޯސްތަކަށް ވަންނަ ބޭނުންވާ ފަރާތްތަކަށް 9913954 ގުޅުއްވާ ނަންނޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355