twitterviber whatsapp telegramfacebookyoutube instagram
19th May 2024

ރައީސް ހދ އަދި ށ ގެ ބައެއް ރަށްތަކަށް ވަޑައިގަންނަވަނީ، ކުޅުދުއްފުއްޓެއް ނުހިމެނޭ

Oct 22, 2016

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް އަންނަ ހަފްތާ ހދ އަދި ށ ގެ ބައެއް ރަށްތަކަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިމަހު 25 ވަނަ ދުވަހު ރައީސް ކުރައްވަން ހަމަޖެހިފައިވާ މިދަތުރުފުޅުގައި ހދ އަތޮޅުން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކުރިނބީ އާއި ހިރިމަރަދޫ އާއި ނެއްލައިދޫ އަދި މަކުނުދޫއަށެވެ. ށ އަތޮޅު ވަޑައިގަންނަވަނީ ހަމައެކަނި އެއަތޮޅު ކަނޑިތީމަށެވެ.

ކުރިނބީ އާއި ހިރިމަރަދޫ އަދި ނެއްލައިދޫއަށް ރައީސް ވަޑައިގަންނަވަނީ އެރަށްރަށުގެ ބަނދަރު ހުޅުވައިދެއްވުމަށެވެ. މަކުނުދޫއަށް ވަޑައިގަންނަވަނީ ބަނދަރާއި މިސްކިތެއް ހުޅުވައިދެއްވުމަށެވެ. ށ ކަނޑިތީމަށް ވަޑައިގަންނަވަނީ ނަރުދަމާގެ މަސައްކަތް އިފްތިތާހްކޮށްދެއްވުމަށެވެ.

މިދަތުރުފުޅަކު ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ގޮތަކަށް ހަމަޖެހިފައެއް ނުވެ އެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ކުޅުދުއްފުއްޓަށް ވަޑައިގެންފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ ހއ ހޯރަފުށީ ނަރުދަމާގެ މަސައްކަތް އިފްތިތާހްކޮށްދެއްވުމަށް ފަހު ނުރަސްމީ ދަތުރުފުޅެއްގެ ގޮތުގަ އެވެ.

ރިޔާސީ ކެމްޕެއިންގައި ވަކި ރަށްށަކަށް އެންމެ ބޮޑު ވައުދެއް ވެވަޑައިގަންފައިވަނީ ކުޅުދުއްފުއްޓަށެވެ. އެއީ ވެރިކަން ލިބިވަޑައިގަންފި ނަމަ 2 އަހަރު ތެރޭގައި އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި އެއާޕޯޓެވެ. ނަމަވެސް މިހާތަނަން ދިޔައިރުވެސް އެއާޕޯޓްގެ މަސައްކަތް ވަނީ ނުފެށި އެވެ. އަދި ހދ އަތޮޅުގައި ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވީ 5 ރިސޯޓްގެ މަސައްކަތްވެސް ވަނީ ނުފެށި އެވެ

ކުޅުދުއްފުށީގައި އެއާޕޯޓް އަޅުއްވައި ނުދީ ވަޑައިގެންފިނަމަ ރައީސް ޔާމީނާއި ދެކޮޅަށް މުޒާހަރާކުރާނެކަމުގެ އިންޒާރު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވަނީ ދެއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355