twitterviber whatsapp telegramfacebookyoutube instagram
14th August 2026

ދިއްދޫ ކަރަންޓްގެ ނިޒާމު ތަރައްގީކުރަން ބޭނުންވާ ކޭބަލް ހޯދަން ހަވާލުކޮށްފި

Oct 23, 2016

ހއ. ދިއްދުއާއި ނ. ކެނދިކުޅުދޫ ކަރަންޓްގެ ނިޒާމު ތަރައްޤީކުރުމަށްޓަކާ ބޭނުންވާ ކޭބަލްތައް ހޯދަން ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އިލެކްޓްރޯ މެޓަލް ޕްރެސިންގ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ދިއްދޫގައި 2300 މީޓަރުގެ އެލްވީ ކޭބަލް އަޅައި 250 ގޭބިސީއަށް ކަރަންޓް ލުމަށް ބޭނުންވާ ކޭބަލް ލިބިގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިކަމަށް 4.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި މިމަސައްކަތަށް ބޮޑު އިސްކަމެއް ދެއްވައިގެން މިކަން ކުރިއަށް ގެންދަވަން ނިންމީ ދިއްދޫގައި ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ ކުރިން ކޭބަލްތައް ވަޅުލައި ނިންމުމުގެ ގޮތުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ކެނދިކުޅުދޫގައިވެސް އެލްވީ ނެޓްވާކް ކޭބަލް އަލުން އަޅަންޖެހިފައިވާ ކަމަށާއި އެކަމަށް 2.76 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355