ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކުޅުދުއްފުށިން 9 މީހެއް ފޯމް ހުށަހަޅައިފި އެވެ.
އެގޮތުން އަތޮޅު ކައުންސިލްގެ ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާރުވެސް އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އާތިފާއި ދެރަހަ، އަހުމަދު މުހައްމަދު ވަނީ ފޯމް ހުށަހަޅާފަ އެވެ.
ރަށުގެ ކައުންސިލްގެ އެމްޑީޕީ ޓިކެޓް ހޯދުމަށް 7 ބޭފުޅަކު ވަނީ ފޯމް ހުށަހަޅައިފަ އެެވެ.
އެއީ:
އަލީ ހާޝިމް، ފަންރިޔާ
ޝިޔާމާ އަލީ، ނައިޓްމޫން
އަހުމަދު މުހައްމަދު، ގުލާބީގެ
މުހައްމަދު ފަވާޒް، ސައުދީ
ސަމާ އަލީ، ހިރި
އަބުދުއްލަތީފް ހަސަން، ސަބުނަމީގެ
އަހުމަދު މުހައްމަދު، ޖަމްނާގެ
ކުރިއަށްއޮތް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖެނުއަރީ 14 ގަ އެވެ.
އެގޮތުން މިފަހަރު ޖުމުލަ 259 ކައުންސިލަކުން 651 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި 179 ރަށު ކައުންސިލުން 561 ކައުންސިލަރުން އަދި 19 އަތޮޅު ކައުންސިލުން 57 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފައެވެ. ފުވައްމުލަކާއެކު ތިން ސިޓީ ކައުންސިލަކުން 23 ކައުންސިލަރުން ހޮވުމަށްވެސް ވަނީ ނިންމާފައެވެ.