ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ކައުންސިލް އިންތިހާބުގައި ވާދަކުރައްވަން ނިންމައި ފޯމް ހުށަހެޅުމަށްފަހު، ފަހު ވަގުތު ނަން ނަގައިފި އެވެ.
މިކަމާ ބެހޭ ގޮތުން އަލީ މުހައްމަދުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފައި އެވެ.
އަލީ ގާތް ބޭފުޅަކު ވިދާޅުވީ މިފަހަރުވެސް ކައުންސިލްކަމަށް ކުރިމަތިލުމަށް އަލީ ނިންމީ ގިނަ ބަޔަކު އެދުމުން ކަމަށެވެ. އެހެންނަމަވެސް ފަހު ވަގުތު ނަން ނެގީ ޒުވާނުންނަށް ފުރުސަތު ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށިން ކައުންސިލުން އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގެ ޓިކެޓް ހޯދުމަށް 9 ބޭފުޅަކުން ވަނީ ފޯމް ލާފަ އެވެ. އެއީ އަތޮޅު ކައުންސިލްގެ ދެކުނު ދާއިރާއަށް 2 ބޭފުޅަކާއި ރަށު ކައުންސިލްގެ ގޮނޑިއަށް 7 ބޭފުޅެކެވެ.
އަލީ މުހައްމަދަކީ ސިޔާސީ ގޮތުން ކުޅުދުއްފުށީގައި ފުންނާބު އުސް ބޭފުޅެކެވެ.