ހދ އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް ގޮނޑިއެއް ފުރުވަމުން ގެންދަވާ އުމްކޫލްސޫމާ އިބުރާހިމް އަންނަ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފި އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އުއްމު ކުރިމަތިލުމަށް ނިންމީ މިހާރުވެސް އޭނާ ފުރުއްވަމުން ގެންދަވާ ގޮނޑިއަށެވެ.
މިހާރުވެސް ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލްގައި އިންނެވި އުއްމު އަންނަ އިންތިހާބުގައިވެސް ނިކުންނަނީ ޕީޕީއެމް ފަރާތުން ނެވެ.