twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓް ހަދަން ފަށާނަން : ރައީސް

Oct 25, 2016

އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓް ހެދުމުގެ އަމަލީ މަސައްކަތް ފަށައި ހަމަ އެއަހަރު ހިދުމަތް ދޭން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ހިރިމަރަދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓްގެ ހެދުމުގެ މަސައްކަތް ފަށައި ހަމަ އެއަހަރު ހިދުމަތް ދޭންވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

 

“އިރާދަކުރެއްވިއްޔާ އަންނަ އަހަރު ކުޅުދުއްފުށިގައި އެއާޕޯޓް ހެދުމުގެ މަސައްކަތް ފައްޓާނަން. އެއީ މިހާރު ނިންމާފަ އޮތް ކަމެއް” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ށ ފުނަދޫ އެއާޕޯޓަކީވެސް ހަދަން ނިންމާފައިވާ އެއާޕޯޓެއް ކަމަށާއި އެމަސައްކަތްވެސް ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ކުޅުދުއްފުށިގައި އެއާޕޯޓް ހަދަން ސަރުކާރުން ފެށިއިރު “ކުޅުދުއްފުށީ” ފަރާތުން އެވަރުގެ ތަރުހީބެއް ލިބުނުނަމަ މިހާރު އެ އެއާޕޯޓް އޮންނާނީ ހެދިފައިކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެއާޕޯޓް ހެދުމަށް އޭރުގެ ކައުންސިލުން އެއްބާރުލުމެއް ނުލިބުނުކަމަށެވެ

“އެކަމަކު މިހާރު ކުޅުދުއްފުށިގެ ރައްޔިތުން، ކައުންސިލުން އެބަ ގަބޫލުކުރައްވައި އަޅުގަނޑުމެން އެއާޕޯޓް ހަދަން ބޭނުންވާ ގޮތްތަކަށް ދޫކޮށްލަވަން ޖެހޭނެ ކަމަށް” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަޝްރޫއު 14 މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށާއި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ސީދާ ސަރުކާރުގެ ބަޖެޓުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355