ޓޫރިޒަމަށް ރަށްތައް ދޫކުރުމަށް ހަމަޖައްސައި އުސޫލަށް ބަދަލު ގެނައީ އުތުރުގެ ތިން އަތޮޅަށް ޓޫރިޒަމް ގެނައުމަށްކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ ފަތުރުވެރިކަން ތަރައްގީކުރުމަށް ހަމަޖެއްސި ރަށްތަކުގެ ތެރެއިން 85 އިންސަތަ ރަށްކަމަށެވެ.
” އަޅުގަނޑު ހަނދާވާގޮތުގައި 15 ވަރަށް ރަށް އޭގެ ތެރެއިން 85 އިންސަތަ ރަށަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އަޅުގަނޑުމެން އިސްކަންދީފައި ހަމަ ހަގީގަތުގަވެސް ހދ އަށް. ހއ ހދ ށ . ހިރިމަރަދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމަށް ދުކުރާ ރަށްތަކުގެ ތެރޭގައި ނ އަތޮޅާއި ރ އަތޮޅުގެ ރަށެއް ނުހިމެނޭ ކަމަށެވެ.
މިސަރަހައްދުގައި އެއާޕޯޓްތައް ތަރައްގީކުރެވުމުން މިރަށްތަކަށް އަންނަ މީހުން މަދެއް ނުވާނެ ކަމަށާއި ހަމަ އެއާއެކު މުޅި އުތުރަށް ތަރައްގީ ފެންނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިސަރަހައްދުގައި ޓޫރިޒަމް ނުފެށިވަނީ ދަތުރުފަތުރު ހުރިގޮތުން ކަން ރައީސް ފާހަގަކުރައްވަމުން ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓާއި ށ ފުނަދޫގެ ފަރުކޮޅުގައި ހަދައި އެއާޕޯޓާއެކު ޓޫރިޒަމް އުތުރަށް ފެތުރި އެކަމުގެ ސަބަބުން ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ. އަދި އޭރުން މިހިސާބަށް ގެންނަ ބޭނުންވާ ތަރައްގީ އަންނާނެ ކަމާ މެދު ޝައްކު ނުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.